27 Feb 2023
"ނާއިބު ރައީސް ލައްވާ ރައީސްގެ ހުވާ ކުރުވީ، ރައީސް ޞާލިހަށް ލަޑެއްދޭން"
ނާއިބު ރައީސް ފައިސަލް ނަސީމް ލައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުވި މައްސަލަ އަކީ، ސިޔާސީ ގޮތުން ބަލާނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޔާސީ ގޮތުން ލަނޑެއް ދެއްވުމުގެ ނިޔަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމެއް ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.