ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
12 Feb 2023
ޕީޕީއެމްގެ މެންބަރެއް އިންޑިއާގައި ހިފެހެއްޓި މައްސަލަ ބަލަނީ
އާއިލާއާއެކު އިންޑިއާއަށް ބޭސްފަރުވާ ކުރުމަށް ގޮސް ހުއްޓާ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ހިފެހެއްޓި މައްސަލަ ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
12 Feb 2023
"ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑު ސިއްކައިން ސިއްކަ ޖަހާނަން"
މި އަހަރުބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ވެރިކަން ނިންމާ ސިއްކަ ޖަހާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
12 Feb 2023
ހަމީދުގެ އޯޑަރަށް ތަބާވުމުގެ ކުރިން އޭނަ ކުރި ވައްކަންތައް އޮޅުންފިލުވަން ޖެހޭ"
ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އޯޑަރަށް ތަބާވުމުގެ ކުރިން ފުލުހުންގެ އިދާރާއިން އޭނާކުރި ވައްކަންތަކުގެ ވާހަކަ ފުލުހުން ހޯދާ އޮޅުންފިލުވަން ޖެހޭކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 Feb 2023
އިންޑިއާގައި ހުއްޓާ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް ހައްޔަރުކޮށްފި
އާއިލާއާއެކު އިންޑިއާއަށް ބޭސްފަރުވާއެއް ކުރުމަށް ގޮސް ހުއްޓާ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ހައްޔަރުކޮށްފި އެވެ.
09 Feb 2023
"ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު މީހުންނަށް ތިލަފުށިން ބިން ވެއްކޭ އުސޫލު ބަދަލުކޮށް، ވިއްކި ބިންތައް އަތުލާނަން"
ދެން އެންމެ އަވަހަށް އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ވިއްކޭގޮތަށް އޮތް އުސޫލު އުވާލާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
09 Feb 2023
"ރައީސް ޔާމީން ވެރިކަމަށް ގެންނަން މިއުޅެނީ ތަރައްގީ ހޯދައިދޭން"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެންނަން މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ތަރައްގީ ހޯދައިދިނުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Feb 2023
"އާއިލާއާއި ސަލާންކޮށްކުމުގެ ފުރުސަތު ރައީސް ޔާމިނަށް ނުދިނީ އިމްރާނުގެ އޯޑަރަށް"
ޖަލަށް ވަޑައިގަތުމުގެ ކުރިން އާއިލާއާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުދެއްވީ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲގެ އޯޑަރަށްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
08 Feb 2023
"ޑްރަގު އެތެރެކުރި މީހާ ދޫކޮށްލި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ"
ދިވެހިރާއްޖެއަށް މަސްުވާތަކެތި އެތެރެކުރި މީހާ ދޫކޮށްލި ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.