ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
01 Aug 2023
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އީސީއަށް ހުށަހަޅައިފި
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
01 Aug 2023
ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެރެން ޔާމީން ގެ ލަފާ ހޯދަނީ!
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްއަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާތީވެ އެމަނިކުފާނުގެ ލަފާފުޅުގެ މަތިން ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެތެރޭގައި މަޝްވަރާ ކުރަން ފަށައިފިއެވެ.
31 Jul 2023
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ލުން މާދަމާ!
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހަޅާނެކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
31 Jul 2023
ރާއްޖޭގެ މަސްރަޙު ދައްކާގޮތުން، ވާދަކުރާނީ ޕީޕީއެމްއާއި އެމްޑީޕީ
ރާއްޖޭގެ ސިޔާސީ މަސްރަޙް ދައްކާގޮތުން، ވާދަކުރާނީ ޕީޕީއެމާއި އެމްޑީޕީ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
31 Jul 2023
ރައީސް ޔާމީނަށް މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިނުގަނެވޭ"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހުމުން މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
31 Jul 2023
"އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅާނަމަ އިދިކޮޅަށް ކެމްޕެއިނެއް ނުކުރެވޭނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިނަށް ހުރަސް އަޅާނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ނުކުރެވޭނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
31 Jul 2023
އަނިޔާކުރުމުން ނަފްސާނީ، އަދި ޖިސްމާނީ ގެއްލުން ލިބުނު"
އިއްޔެ ޏ.ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެންނެވުމުން، އެމަނިކުފާނާ ދެކޮޅަށް އިހްތިޖާޖު ކުރި އިދިކޮޅުު ކޯލިޝަންގެ މީހުން ފަހާ ވަލުތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އަނިޔާކޮށްފައިވާ ކަމަށާ އޭގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިފައިވާ ކަމަށް އިދިކޮޅުުން ބުނެފިއެވެ.
30 Jul 2023
ރައީސް ޞާލިހާ ދެކޮޅަށް ފުވައްމުލަކުގައި މުޒާހަރާ ކުރަނީ!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރިޔާސީ ކެމްޕެއިނަށް ޏ. ފުވައްމުލަކަށް ވަޑައިގަންނަވާތީ، އެރަށުގައި ތިބި އިދިކޮޅުު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ސަޕޯޓަރުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.