ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
09 Aug 2023
މަންޒަރު ވަރަށް ސާފު! އެންމެން މިތިބީ މުއިއްޒުއާއެކު: ޝިޔާމް
މަންޒަރު ވަރަށް ސާފު ކަމަށާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕް އެއްކޮށް ތިއްބެވީ ޑރ މުއިއްޒުގެ ފަހަތްޕުޅުގައި ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ
09 Aug 2023
އަޅުގަނޑުގެ މަސައްކަތަކަށްވާނީ ރައީސް ޔާމީނުގެ ތަރައްގީގެ ލެގަސީ ނެގެހެއްޓުން: ޑރ މުއިއްޒު
ޕީޕީއެމް/ޕީއެންސީ ގެ ލީޑަރޝިޕަށް ތަރައްގީގެ ރާސްތާ ދަސްކޮށްދެއްވި ރައީސް އަބްދުﷲ ޔާމީން ކަމަށާއި، އެ ކޯލިޝަނުގެ ވެރިކަމެއްގައި އެންމެ އިސް މަސައްކަތަކަށްވާނީ ރައީސް ޔާމީނުގެ ތަރައްގީގެ ލެގަސީ ދެމެހެއްޓުން ކަމުގައި ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Aug 2023
މިގައުމަށް ހަމަޖެހުން ލިބުންއޮތީ ޕީޕީއެމް/ޕީއެންސީއަށް ފުރުސަތު ދީގެން: ޑރ މުޢިއްޒު
މިޤައުމަށް ހަމަޖެހުން ލިބުމާއި، މިޤައުމުގެ އިސްތިޤލާލަތު އަނބުރާ ލިބެން އޮތި ޕީޕީއެމް/ޕީއެންސީ އާއި މި ގައުމުގެ ވެރިކަން ހަވާލުކޮށްގެން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Aug 2023
ކުރިއަށް އޮތް ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށް
ކުރިއަށް އޮތް ކޮންމެ ހަފްތާއެއް އަދި ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުޤައްޔޫމް މިނިވަން ކުރުމަށް ކަމަށް ރައީސް ޔާމިންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
08 Aug 2023
ރައީސް ޔާމީނަކީ މުޅި ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ބޭފުޅެއްކަން އެންމެން ޤަބޫލުކުރޭ
ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަކީ މުޅި ޤައުމުގެ މަސްލަހަތާއި ގުޅިފައިވާ ބޭފުޅެއްކަން ހުރިހާ ޕާޓީއެއްގެ ހުރިހާއެންމެންވެސް ޤަބޫލުކުރާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
07 Aug 2023
ރައީސް ޔާމީނުގެ ނިންމުމަށް ޑރ ވަހީދުގެ ޝުކުރު!
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ މުހައްމަދު މުއިޒުއަށް ތާއީދު ކުރެއްވުމަށް ކުރިގެ ރައީސް ޔާމީން ނިންމެވި ނިންމެވުމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ޝުކުރު އަދާކުރައްވައިފިއެވެ.
07 Aug 2023
"ޕީޕީއެމްގެ ލަޝްކަރު ފޫގަޅާލައިގެން މި ނިކުންނަނީ މުއިއްޒު ހޮވަން"
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލަޝްކަރު ފޫގަޅާލައިގެން މި ނިކުންނަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ހޮވަންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ގައްސާނު މައުމޫނު ވިދާޅުވެއްޖެ އެވެ.
07 Aug 2023
ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނީ ޕީޕީއެމް-ޕީއެންސީން: އަބްދުއްރަހީމް
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކަމަށް، އެ ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.