ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
13 Aug 2023
ޢިއްޒަތަށްޓަކައި މަޤާމު ބޭނުން މީހަކަށް މަޤާމެއް ނުދޭނަން
މަޤާމުގެ ޢިއްޒަތާއި ހައިބަތަށްޓަކައި މަޤާމު ބޭނުން އެއްވެސް މީހަކަށް އެއްވެސް މަޤާމެއް ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Aug 2023
ޑރ މުޢިއްޒު ޝަހީދު ހުސެއިން އާދަމްގެ އާއިލާއާއި ބައްދަލު ކުރައްވައިފި
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ބޮޑު ތިލަދުން މައްޗަށް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ތިނެއް ނޮވެމްބަރުގެ ޤައުމީ ބަޠަލު ޝަހީދު ހުސެއިން އާދަމްގެ މަންމަ އާއި ބައްޕައާއި ބައްދަލުކުރައްވައިފިއެވެ.
13 Aug 2023
މަކުނުދޫއިން ޑރ މުޢިއްޒަށް ހޫނު މަރުޙަބާއެއް
އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒު ހދ މަކުނުދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މުޢިއްޒު އަށާއި އޭނަގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
13 Aug 2023
"މަކުނުދޫ އެއާޕޯޓު މަޝްރޫއު، ރައްޔިތުން އެދޭގޮތަށް ބަދަލުކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ އެ ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދާ، ރައްޔިތުން އެދޭގޮތަށް ކަމަށް މި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
13 Aug 2023
ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ސްކޫލެއް ޤާއިމް ކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދޭނަން
ހދ ނޮޅިވަރަމުގައި ޒަމާނީ ފެންވަރުގެ ހުރިހާ ޚިދްމަތެއް ލިބޭ ސްކޫލެއް ޤާއިމްކޮށްދީ ދަނޑުވެރިކަން ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2023
މިސަރުކާރުން ފަށައިފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢު އެއް ހުއްޓައިނުލާނަން
މިސަރުކާރުން ފަށައިފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢުތައް ހުއްޓައިނުލާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2023
"ކުރެވެނީ އެއްބަނޑު އެއްބަފާ މީހަކު ޖަލުގައި ހުރިކަމުގެ އިހުސާސް"
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާއިރު އިހުސާސް ކުރެވެނީ އެއްބަނޑު އެއްބަފާ މީހަކު ޖަލުގައި ހުންނައިރު ކުރެވޭފަދަ ފުން އިހުސާސްތަކެއް ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
12 Aug 2023
ވާދަވެރިޔާ ބަންދުގައި 1000 ދުވަސް!
ދުނިޔޭގެ ތަހުޒީބު ޤައުމުތަކާއި ފައިހަމަކުރުމަށް ރާއްޖެއަށް އުފަންކުރި ޒަމާނީ ޑިމޮކްރަސީ ޅަފަތުގެ ދައުރު ކަޑައްތުކޮށް ޒުވާންކަމުގެ ދައުރަށް މިއޮތީ އަޅާފަ އެވެ.