ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
10 Aug 2023
ވަޒީފާއެއް ނެތް ރައްޔިތަކު ނެތް މިންވަރަށް ވަޒީފާތައް ގާއިމްކޮށްދޭނަން
އެބޭފުޅާގެ ވެރިކަމެއްގައި ރައީސް ޔާމީނު ދަސްކޮށްދެއްވި ފިލާވަޅުގެ ދަށުން ވަޒީފާނެތް ރައްޔިތަކު ނެތް މިންވަރަށް، ޒުވާނުންނާއި އެކި އުމުރުގެ ރައްޔިތުންނަށް ވަޒީފާ ފޯރުކޮށްދޭނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ.
10 Aug 2023
ދަރިންނަށް ތަޢުލީމުދޭން ޢިލްމު ހުރި ވެރިއަކު ޢައްޔަން ކުރަންޖެހޭ!
ރާއްޖޭގެ ދަރިންނަށް ތައުލީމު ދޭން ބޭނުންނަމަ، ޢިލްމު ހުރި ޢިލްމުވެރި ވެރިއަކު ރާއްޖޭގެ ވެރިކަމަށް އައްޔަނު ކުރަން ޖެހޭ ކަމުގައި ޕީއެންސީގެ ނައިބް ރައީސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
10 Aug 2023
ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި ހުޅުވައިފި
ރިޔާސި އިންތިޚާބުގެ ކެމްޕެއިން ޕީޕީއެމް/ޕީއެންސީން ފަށައި އެ ކޯލިޝަންގެ ކެމްޕެއިން ފުރަތަމަ ޖަގަހަ، ޕީޕީއެމްގެ "ދިވެހީންގެ ޖަގަހަ" އަލިމަސް ކާނިވަލުގައި މިރޭ ހުޅުވައިފިއެވެ.
10 Aug 2023
މުޢިއްޒުގެ ދޮރުން ދޮރަށް ހަރަކާތަށް ހިޔާ ސަރަހައްދުން ހޫނު ތަރުޙީބެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ފުރަތަމަ ހަރަކާތް މިއަދު ފަށައި، ކެމްޕެއިން ފެށުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ދެތަކަށް ޒިޔާރަތްކޮށް ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް އެ ސަރަހައްދުން ހޫނު ތަރުޙީބެއް ލިބިއްޖެއެވެ.
10 Aug 2023
މުޢިއްޒުގެ ސިޔާސީ ވައުދުތަކާ ގުޅޭ މަޝްވަރާއެއް ޢިލްމުވެރިންގެ ގުޅުމާއެކު ބާއްވައިފި
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސި ވައުދުތަކާއި ގުޅޭގޮތުން ޢިލްމުވެރިންގެ ގުޅުމުން އެ މަނިކުފާނާއި ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންގޮއްސިއެވެ.
10 Aug 2023
މުއިއްޒުގެ ކެމްޕެއިން މެނޭޖަރަކަށް ކެޕްޓަން އަމީން ހަމަޖައްސައިފި
އަންނަ މަހު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ގެ ކެމްޕެއިން މެނޭޖަރަކަށް ކުރީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީން، އަދި ޑެޕިއުޓީ ކެންޕެއިން މެނޭޖަރަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް ހަމަޖައްސައިފި އެވެ.
10 Aug 2023
ޑރ.މުއިއްޒު ފުރަތަަމަ ކެންޕެއިން ހަރަކާތް މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހިން!
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ފުރަތަަމަ ކެންޕެއިން ހަރަކާތް ހުޅުމާލޭ ދެވަނަ ފިޔަވަހިން މިއަދު ފެށިގެންދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
09 Aug 2023
މުއިއްޒުގެ ކެންޑިޑޭޓު ނަންބަރަކީ 4!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ގެ ކެންޑިޑޭޓު ނަމްބަރެއްގެ ގޮތުގައި ނަމްބަރު 4 ކަނޑައެޅިއްޖެއެވެ.