06 Aug 2023
ރައީސް ޞާލިޙަށް އޮތް ތާއީދު ދަނީ ބޮޑުވަމުން، ޕީޕީއެމް އޮތީ ޑިޕްރެޝަންގައި
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް އޮތް ތާއީދު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ބޮޑުވަމުން، ފުޅާވަމުން އިތުރުވަމުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ
05 Aug 2023
ޕްލޭން ބީ ނުވަތަ ސީ އަކާއި މެދު ވިސްނާނީ ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ
ޕީޕީއެމުން ޕްލޭން ބީ ނުވަތަ ޕްލޭން ސީ އަކާއި މެދު ވިސްނާނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
05 Aug 2023
ޑރ ޝަހީމްގެ ސިޔާސީ މުސްތަޤްބަލާއިމެދު މާދަމާ ގޮތެއް ނިންމަނީ!
ސިޔާސީ މުސްތަގްބަލާއިމެދު ގޮތެއް ނިންމަވައި އެކަން މާދަމާ އިއުލާނުކުރައްވާނެ ކަމުގައި ޕީޕީއެމްގެ ލިޑަރޝިޕް ގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރެެއްވެވި ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
05 Aug 2023
ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
ޖިނާއީ ހުކުމަކުން ކަނޑައަޅާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއް ނޫން ކަމަށާއި އެއީ އުގޫބާތުގެ ވައްތަރުތަގެ ތެރެއިން މާލީ އުގޫބާތުގެ ވައްތަރެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
04 Aug 2023
"ކެންޑިޑެސީ މުއްދަތު އިތުރުކޮށްފިނަމަ އިންތިހާބު ލަސްވާނެ"
ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ފުރުސަތު ގެއްލޭ ހާލަތެއްގައި، އެ ޕާޓީން އެހެން ކެންޑިޑޭޓެއް ނެރެން އިތުރު ވަގުތު ދީފި ނަމަ ގާނޫނުގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރަން ހުރަސް އެޅިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
04 Aug 2023
ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑުނީ އޯވަލޯޑް ވެގެން!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ އޯވަލޯޑް ވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
04 Aug 2023
ސްޕްރީމް ކޯޓުގެ ސަރަހައްދުން ކަރަންޓް ހިނގައްޖެ!
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމުގެ ވަގުތު ޖެހިފައި ވަނިކޮށް ސްޕްރީމްކޯޓް ސަރަހައްދުން ކަރަންޓް ހިނގައްޖެއެވެ.
03 Aug 2023
ެއެންމެ ފުރަތަމަ ކަމަކަށްވެސް ކުރާނެ ކަމަކީ ރައީސް ޔާމިން މިނިވަންކުރުން
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަނުކުރެވި އިދިކޮޅު ކެނޑިޑޭޓޭއްގެ ގޮތުގައި ވާދަކުރައްވައި ކާމިޔާބު ވެއްޖެނަމަ އެންމެ ފުރަތަމަދުވަހު އެންމެ ފުރަތަމައަށްވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމިން ޖަލުން މިނިވަންކުރުން ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.