ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
30 Mar 2024
ޓެކްސް ފައިސާ އިތުރުވީ އަޅުގަނޑުމެންގެ ވެރިކަމުގައި: ރައީސް ޞާލިހު
ޓެކްސް އަށް ލިބުނު ފައިސާ އިތުރުވީ މިދިޔަ ސަރުކާރުގެ ވެރިކަމުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
28 Mar 2024
މަޖިލީހުގައި ތިބި ސަރުކާރު މެންބަރުންވެސް ސަރުކާރާ ދެކޮޅު: ޞާލިހު
ރައްްޔިތުންގެ މަޖިލީހުގައި ތިބި، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުން ތިއްބެވީ ސަރުކާރާއި ދެކޮޅަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
28 Mar 2024
ސިޔާސީ ލީޑަރުން ހައްޔަރުކުރަން ތައްޔާރުވަމުން އެދަނީ: ޞާލިހު
މި ސަރުކާރުން ސިޔާސީ ލީޑަރުން ހައްޔަރުކުރަން ތައްޔާރުވަމުން ދާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
27 Mar 2024
ފައްޔާޒު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމުން ކުރީގެ ރައީސް ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފި
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދުސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
24 Mar 2024
ބިއްލޫރި ހޮޅިއެއްގެ ތެރެއިން މާލޭ ރައްޔިތުން ގެންދަން ނޫޅުއްވާ
މާލޭގެ ރައްޔިތުންނަށް ރަނގަޅުވާނީ، ގުޅިފަޅާއި، ގިރާވަރު ފަޅާއި، ހުޅުމާލޭ ފޭސް 3 ހިއްކުމުން ކަމަށާ، ފުށިދިއްގަރުފަޅު ހިއްކައިގެން އެތަނަށް “ބިއްލޫރި ހޮޅިއަކުން” މާލެ ރައްޔިތުން ގެންދަން ނޫޅުއްވުމަށް ކުރީގެ ރައީސް، އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
24 Mar 2024
އެހީވެދޭނެ ބައިވަރު މީހުން ތިބި ނަމަވެސް ސަރުކާރުން ގޮތް ދޫނުކުރޭ: ޞާލިޙު
ރާއްޖެ އަށް އެހީތެރިވެދޭނެ ބައިވަރު މީހުން ތިބި ނަމަވެސް މި ސަރުކާރުން ގޮތް ދޫކުރަން ނޫޅޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
21 Mar 2024
މި ސަރުކާރުގައި 1500 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް އަންދާޒާކުރެވޭ: ރައީސް ޞާލިހު
މި ސަރުކާރުގައި 1500 އަށް ވުރެން ގިނަ ސިޔާސީ މަގާމު އުފައްދާފައިވާކަމަށް އަންދާޒާކުރެވޭކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
21 Mar 2024
ފުލެޓްތަކާއި ގޯތިތައް ނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީ ކުށެއް: ޞާލިހް
ކުރީ ސަރުކާރުން، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް އެ ނުދީ ހިފަހަށްޓާފައިވާ ހިފެހެއްޓުމަކީ ގާނޫނީ ކުށެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.