27 Aug 2023
ވިލިފުއްޓަށް ވަޢުދު ވީވެސް އަޅުގަނޑުމެން ވަޢުދު ފުއްދާނީވެސް އަޅުގަނޑުމެން!
ތ ވިލިފުށީގައި ހޮސްޕިޓަލަކާއި އެއަރޕޯޓެއް އަޅަން ވަޢުދުވީ އެމްޑީޕީ އިން ކަމަށާއި، އެވަޢުދު ފުއްދާނީވެސް އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
26 Aug 2023
"ރައީސް ޞާލިހު ދަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެމުން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ލަދެއް ނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި އާއްމުންނަށް ރިޝްވަތުދެއްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
26 Aug 2023
‏ދަ ޑިމޮކްރަޓްސް ދޫކޮށް، ޝިޔާން އަލުން އެމްޑީޕީއަށް
އެމްޑީޕީ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީ ދޫކުރައްވައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވެސް އަލުން އެމްޑީޕީ އާއި ގުޅިވަޑައިގެންފި އެވެ.
25 Aug 2023
އެމްޑީޕީ މެނިފެސްޓޯ: ރާއްޖެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް!
ބައިނަލްއަގްވާމީ މާލީ ބާޒާރުގައި އިސްލާމިކް ފައިނޭންސަށް އޮތް ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، އިސްލާމިކް ފިނޭންސިންގ ހަބަކަށް ރާއްޖެ ހެދުމަށް ގިނަ ކަންތައްތަކެއް ހިމަނައި އެމްޑީޕީ މެނިފެސްޓޯގެ ފަހު ބައި ނެރެފިއެވެ.
25 Aug 2023
އެމްޑީޕީ މެނިފެސްޓޯ: އެގައުމެއްގެ ފައިސާއިން އެގައުމަކާ ވިޔަފާރި ކުރުން
އިގްތިސާދީގޮތުން ގުޅިފައިވާ ގައުމުތަކާއި އެ ގައުމެއްގެ ފައިސާއިން ވިޔަފާރި މުއާމަލާތް ކުރުން ހިމަނައި, އެމްޑީޕީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގެ ފަހުބައި އިއުލާންކޮށްފި އެވެ.
25 Aug 2023
އެމްޑީޕީ މެނިފެސްޓޯ: ދިވެހި އެގްޒިމް ބޭންކަކާއި އިންވެސްޓްމަންޓް ފަންޑެއް!
ދިވެހި ރާއްޖެއަށް އިގުތިސާދީ ބޮޑު ބަދަލެއް ގެނައުމަށް ދިވެހި އެގްޒިމް ބޭންކަކާއި އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރުން ހިމެނޭހެން، ގިނަ ވައުދުތަކެއް، އެމްޑީޕީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގައި ހިމަނައިފި އެވެ.
25 Aug 2023
"ސިޔާމު ހުރީ އަޅުގަނޑާއެކު، ވޯޓުދޭނީ ވެސް އަޅުގަނޑަށް"
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރިޔާސީ އިންތިޚާބުގައި ސިޔާމު ވޯޓުދެއްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
24 Aug 2023
ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމްކޮށްދޭނަން
ވަޑިންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް ހައްލެއް ހޯއްދަވައިދިނުމުގެ ގޮތުން އަންނަ ދައުރުގައި އެފަރާތްތަކަށް ފަސޭހައިން ލޯން ލިބޭނެ ނިޒާމެއް ތަޢާރަފް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.