ޤާސިމް އިބްރާހީމް
20 Aug 2023
އިންތިޚާބަށް ކުރިމަތިލީ ވެރިކަން ހޯދާކަށް ނޫން، ޤައުމުގެ މުސްތަޤްބަލަށްޓަކައި!
އިންތިޚާބަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ރާއްޖޭގެ ރައީސް ކަން ނުވަތަ އެހެންވެސް މަޤާމެއް ބޭނުންފުޅުވެގެން ނޫން ކަމަށާއި ކުރިމަތި ލައްވައިގެން އުޅުއްވަނީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
20 Aug 2023
"ހުރިހާ ސުކޫލަކާއި ސިއްހީ ފަރުވާދޭ ތަންތަނުގައި އޭސީ ކުރާނަން"
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކަކާއި، ސަރުކާރުގެ ދަށުން ހިންގާ ހުރިހާ ސިއްހީ ފަރުވާ ދޭ ތަންތަނެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
19 Aug 2023
ނުބައި މީހަކަށް ވޯޓު ދެވިއްޖެނަމަ މިނިވަންކަމާ މެދު ޔަގީންކަަމެއް ނެތް: ޤާސިމް
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ނުބައި ކެންޑިޑޭޓަކަށް ވޯޓު ދެވިއްޖެނަމަ، އަދި ވެރިކަމަށް ގެނެވޭ މީހެއްގެ ގޮތުން ރާއްޖޭގެ މިނިވަންކަމާއި މެދު އެއްވެސް ޔަގީންކަމެއް ނެތްކަމުގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
19 Aug 2023
މި ޤައުމުގައި ތިބެން ނުޖެހޭ މީހުން މި ޤައުމުގައި އެބަ ތިބި: އަލީ ވަހީދު
މި ޤައުމުގައި ތިބެން ނުޖެހޭ މީހުން އެކި ސިފަސިފައިގައި ގިނަ އަދަދަކަށް މި ޤައުމުގައި އެބަ ތިބިކަމުގައި ވިދާޅުވެ އިންޑިޔާ ސިފައިން މި ރާއްޖޭގައި ތިބުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދު ނުސީދާގޮތެއްގައި ފާޑުވިދާޅުވެއްޖެއެވެ.
18 Aug 2023
ްޤާސިމްގެ ވެރިކަމެއްގައި އީކޯ ސިޓީއެއް ގާއިމްކުރަނީ
ކަނޑުގެ ލޮނުގަނޑު އުފުލެމުންދާކަމަށް ސައިންސްވެރިންގެ ދިރާސާތަކުގެ ދައްކާތީ އެކަމުގެ ނުރައްކާ މާލެއަށް ބޮޑުވުމުގެ ސަބަބުން އެކަމުން ރައްކާތެރިވުމުގެ ގޮތުން އީކޯ ސިޓީގެ ނަމުގައި މާލެކައިރީގައި ސިޓީއެއް ގާއިމް ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
18 Aug 2023
މިރޭޓުން ލޯނު ނަގަމުންދާ ނަމަ ގައުމު ބަނގުރޫޓުވާނެ: ގާސިމް
މިހާރު ސަރުކާރުން ލޯނު ނަގަމުން މިދާ ރޭޓުން ލޯނު ނަގަމުންދާކަމުގައި ވާނަމަ ގައުމު ބަނގުރޫޓުވާނެ ކަމަށާއި ރާއްޖެއިން ލޯނު ނަގަނީ ނުދެއްކޭނެ މިންވަރަށް ކަމަށާއި އެކަން ލޯނު ދޫކުރާ ގައުމުތަކަށް ވެސް އެނގޭނެކަމުގައި ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
18 Aug 2023
ޤާސިމްގެ ބައިވެރިވުން ނުލިބުނު ނަމަ ޔާމިންގެ ތަރައްޤީ ދިވެހިން ހާަސިލެއް ނުކުރާނެ : ނިހާން
2013 ގައި ޤާސިމް އިބްރާހިމް ގެ ބައިވެރިވުން ނުލިބުނު ނަމަ، ރައީސް ޔާމީން ގެނެސްދިން ތަރައްގީގެ އަހަރުތައް ދިވެހިން ހާަސިލެއް ނުކުރީސް ކަމުގައި ކުރިން ޕީޕީއެމް ގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއްވި އަދި މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
18 Aug 2023
"މިފަހަރު ހުރީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަށް ނޫން"
އެކި ސަބަބުތަކާއި ހުރެ، އެންމެ ކުރިން ގަސްތުކޮށްގެން ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ކަމަށް، ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.