ޤާސިމް އިބްރާހީމް
18 Feb 2023
ޖޭޕީ ގެ ލީޑަރު ކަމަށް ޤާސިމް ކުރިމަތިލައްވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެޕާޓީގެ ލީޑަރުގެ މަޤާމުގައި ހުންނެވި ޤާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް މިމަހުގެ 24 އަދި 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ތާރީޚަށް މިހާރު އެޕާޓީގެ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ. ޤާސިމް ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތި ލެއްވިއިރު އެމަނިކުފާނު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޕާޓީގެ ލީޑަރުގެ މަގާމާއި ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމު އުވާލަން ހުށައަޅުއްވާފައެވެ.
14 Feb 2023
"ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރައްވާނެކަން ނިންމާނީ ކޮންގްރެސްއަށްފަހު"
މިއަަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ ކުރިއަށް އޮތް އެޕާޓީގެ ކޮންގަރެސްއަށް ފަހު އެކުލަވާލާ ކައުންސިލުންކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
13 Feb 2023
"ގާނޫނު އަސާސީއާއި ޚިލާފު އެއްވެސް ޤަވާއިދަކަށް އަމަލުކުރާކަށް ނުޖެހޭނެ"
ޤާނޫނު އަސާސީއާއި ޚިލާފަށް އެކުލަވާލާ އެއްވެސް ޤަވާއިދަކަށް ބޯލަނބަން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
10 Feb 2023
ޤާސިމްގެ އެޑްވައިޒަރަކަށް ނިހާން އައްޔަންކޮށްފި
ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އައްޔަންކޮށްފިއެވެ.
09 Feb 2023
ރިޔާސީ އިންތިޚާބުގައި ޤާސިމް ރައީސް ޞާލިޙަށް ތާއީދު ނުކުރާނެ
މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދް ޞާލިޙަށް ތާއީދު ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
06 Feb 2023
ތުރްކިޔޭ އަދި ސީރިޔާ ބިންހެލުން: މަރުވިމީހުންގެ އާއިލާތަކަށް ޤާސިމްގެ ތައުޒިޔާ
ތުރްކިޔޭ އަދި ސީރިޔާ އަށް މިއަދު އައި ދެ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ތައުޒިޔާ ފޮނިއްވައިފިއެވެ.
05 Feb 2023
ޖޭޕީގެ ގައުމީ ކޮންގްރެސް މި މަހު 24، 25 ގައި ބާއްވަނީ!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީއިން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާ، ޕާޓީގެ ޕްލޭނުތައް އެކުލަވާލުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންގްރެސް މި މަހުގެ 24 އަދި 25 ގައި ބޭއްވުމަށް ނިންމައިފި އެވެ.
01 Jan 2023
"މި އަހަރަކީ ޑިމޮކްރަސީ ހަރުދަނާކުރަން އަޑުމު ކަނޑައަޅާ އަހަރަށް ހައްދަވާ"
މި އަހަރަކީ ހުރިޔާ ރައްޔިތުންވެސް ޑިމޮކްރަސީ ހަރުދަނާކުރުމަށް އަޒުމު ކަނޑައަޅާ އަހަރުކަމުގައި ހައްދަވާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.