25 Feb 2023
"އަޅުގަނޑަށްވެސް ނިމުން އަންނޭނެ، އެކަމަކު ޕާޓީ ކުރިއަރުވާނެ ލީޑަރުން ތިބެން ޖެހޭ"
ޤާސިމް އިބްރާހިމް ނެތަސް ޖުމްހޫރީ ޕާޓީ ހިންގާނެ ހަރުދަނާ ލީޑަރުން ތިބުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
25 Feb 2023
ޖޭޕީގެ ލީޑަރަކީ ޤާސިމުކަން ރަސްމީކޮށް އިއުލާނުކޮށްފި
ކުރިއަށް އޮތް ދައުރަށް ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ޤާސިމް އިބްރާހިމްކަމަށް އެ ޕާޓީއިން ރަސްމީކޮށް އިއުލާނުކޮށްފި އެވެ. އެކަން އިއުލާނުކޮށްފައިވަނީ މިހާރު ކުރިއަށް ދާ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.
24 Feb 2023
ގާސިމްގެ ހާސް ޝުކުރާއި ތައުރީފް ރައީސް ނަޝީދަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހާސް ފަށުން ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވައިފި އެވެ.
24 Feb 2023
ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ޗެއާ އަކަށް ޝައުގީ، ނައިބަކަށް ރިޔާޒު!
ޖުމްހޫރީ ޕާޓީއިން މިއަދާއި މާދަން ކުރިއަށް ގެންދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ޗެއާމަނަކަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު ޑރ މަޚުމޫދު ޝައުގީ އައްޔަންކޮށްފި އެވެ.
24 Feb 2023
ޖޭޕީގެ އަސާސީ ގަވައިދަށް ހުށައެޅި 3 އިސްލާހު ފާސްކޮށްފި
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ގެނައުމަށް އެޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ހުށައެޅި ތިން އިސްލާހު، މިހާރު ކުރިއަށްދާ އެޕާޓީގެ ގައުމީ ކޮންފަރެންސް ތެރެއިން ފާސްކޮށްފި އެވެ.
24 Feb 2023
"ސިޔާސީ މަޝްރަހުގައި އެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި"
ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ މަޝްރަހުގައި އެކިއެކި ބޭފުޅުންގެ ފަރާތުން އަނިޔާވެރިކަން ކުރިމަތިވި ނަމަވެސް، އެބޭފުޅުންނާ ދޭތެރޭ އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
24 Feb 2023
"ޖޭޕީ އަކީ ފުރުސަތުން ފުރިގެންވާ ޕާޓީއެއް، ގުޅިވަޑައިގަންނަވާ"
ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދޮރު ހުރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށްވެސް ހުޅުވިފައި ކަމަށެވެ.
24 Feb 2023
ސަރުކާރު އެކުލަވާލަންވީމާ ޖޭޕީ ވަރެއް ނޯވޭ: ގާސިމް
ރިޔާސީ އިންތިޚާބު ތަކާއި ދިމާކޮށް ޖޭޕީ ވަރެއް ނޯންނަ ކަމަށާ، އެހެން ނަމަވެސް، އިންތިޚާބު ކާމިޔާބު ވުމުން، ސަރުކާރަށް ލިބޭ ކާމިޔާބީ ތަކުގައި ޖޭޕީގެ ހިއްސާއެއް އޮންނަ ކަމަށް ނުވާކަމަށާ، އެކަންކަން ގިނަ ފަހަރަށް ވަމުންދަނީ "ކަނދި ކަމަނާގެ މަސްތެލުލުމަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.