ޤާސިމް އިބްރާހީމް
25 May 2023
ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަ މަހު 9 ގައި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް އަންނަ މަހު 9 ގައި ހަވާލުކުރާ ގޮތަށް ނިންމައިފި އެވެ.
21 May 2023
"ޤައުމު ދަރަނިން ސަލާމަތް ކުރަން، އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ"
ދިވެހިރާއްޖެ ތަރައްޤީ ކޮށް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް، ޖުމްހޫރީ ޕާޓީ އާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
13 May 2023
"ނަރުހުންގެ ތައުލީމަށް އިންވެސްޓުކުރުމަކީ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް"
ނަރުހުންގެ ތައުލީމަށް އިންވެސްޓުކުރުމަކީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
11 May 2023
"ރާއްޖޭގެ ޚިދުމަތްތެރީން ޖޭޕީއާއެކު ސިޔާސީ ކަމަރު ބަންނަވާ"
ރާއްޖޭގެ ޚިދުމަތްތެރީން ގައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއިއެކު ސިޔާސީ ކަމަރު ބަންނަވާ، ރިޔާސީ ދަތުރު ގައި ބައިވެރިވެލެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިއްޖެއެވެ.
09 May 2023
އިންތިހާބުގެ ކެމްޕޭނަށް ނުކުތުން އަވަސްކުރުމަށް ޤާސިމް އަންގަވައިފި
ލަހެއް ފަހެއް ނެތި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނުކުތުން އަވަސް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް، އެ ޕާޓީގެ ލީޑަރޝިޕަށާއި ޕާޓީއަށް އަންގަވައިފިއެވެ.
04 May 2023
"ނޫސްވެރިކަމުގެ މިނިވަންކަމުގައި ގައުމު ފަހަތައް ސޮއްސާލުމަކީ ހިތާމަހުރި ކަމެއް"
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ވިދި ވިދިގެން ދެ އަހަރު ރާއްޖެ ފަހަތަށް ސޮއްސާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
03 May 2023
ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަނުކުރާނެ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަނުކުރައްވަން ނިންމަވާފައިވާ ކަމަށާއި، އެމަނިކުފާނު ގަސްދުކުރައްވަނީ އެ އިންތިޚާބުގައި ޕީޕީއެމް ފަހަތަށް އެރުމަށްކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ޚަބަރުތައް ޖޭޕީން ދޮގުކޮށްފި އެވެ.
02 May 2023
ރާއްޖެއިން ކޮޑި އިންޗިއެއްވެސް ގެއްލޭނެ ނިންމުމަކަށް ތާއީދެއް ނޫން: ޤާސިމް
ރާއްޖެއިން ކޮޑި އިންޗިއެއްވެސް ގެއްލޭނެ ނިންމުމަކަށް ތާއީދު ނުކުރައްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.