ޤާސިމް އިބްރާހީމް
24 Jun 2023
ޤާސިމް ރައީސަށް: ތި ހައްދަވަނީ ބޮޑެތި ގޯސް، ގެއަށް ކަނޑާލާ!
ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޮޑެތި ގޯސްތައް ނަހައްދަވާ ދުރަށް ވަޑައިގަތުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ގޮވާލައްވައިފި އެވެ.
24 Jun 2023
"ރައީސްކަން ބޭނުންވަނީ އެންމެ ސަބަބަކަށްޓަކައި؛ އިސްލާހައްޓަކައި"
ދިވެހިރާއްޖޭގެ ރައީސްކަމުގެ މަޤާމު ބޭނުންފުޅުވަނީ އިސްލާހީ މަސައްކަތްޕުޅު ކުރެއްވުމުގެ ބޭނުމުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
24 Jun 2023
"ރައީސް ޔާމީނުގެ ޝަރީއަތް ލަސްކުރަނީ، ރިޔާސީ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކުރަން"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތައް ލަސްކުރަމުންދަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ކެންޑިޑޭޓުންނަށް އޮތް ފުރުސަތުތައް ހަނިކުރުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.
21 Jun 2023
"ކޯވިޑްތެރޭ ދިއްކޮށްލާނެ އެއްޗެއް ނެތިގެން ޤާސިމް ހުންނެވީ ވަރަށް ލަދުފުޅުގެންފަ"
ކޯވިޑް-19 ގެ ދަތި ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އަތްޕުޅުގައި މީހަކަށް ދިއްކޮށްލާނެ އެއްޗެއް ނެތިގެން އެމަނިކުފާނު ހުންނެވީ އުޅުއްވީ ވަރަށް ބޮޑަށް ލަދުފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
19 Jun 2023
ދިވެހިރާއްޖެއަށް ދަނޑުވެރިކަމުގެ ރަން ޒަމާން ގެންނާނަން: ޤާސިމް
ދިވެހިރާއްޖެއަށް ދަނޑުވެރިކަމުގެ ރަން ޒަމާން ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
18 Jun 2023
"ވާވެއްދިފަޅު ވިއްކުން ހުއްޓުވީ ގާސިމްގެ ކެންޕެއިނަށް ހުރަސް އަޅަން"
ކ. ވާވެއްދިފަޅާ ގުޅިގެން ވިލާ ކުންފުނިން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އޭސީސީ އިން ވިލާ ކުންފުންޏަށް އެންގީ އެ ކުންފުނީގެ ޗެއަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޕެއިނަށް ހުރަސްއެޅުއްވުމަށް ކަމަށް ދާދިފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
17 Jun 2023
"ޤާސިމްގެ މަގުބޫލުކަން ފެނި ސިޔާސީ ވާދަވެރިން ކަންބޮޑުވާން ފަށައިފި"
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މަގްބޫލުކަން ފެނި ސިޔާސީ ވާދަވެރިން ކަންބޮޑުވާޏް ފަށައިފި ކަމަށް އެ ޕާޓީއަށް ތާއީދު ކުރައްވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
16 Jun 2023
"މަސްވެރިންގެ ދަތިތައް ހައްލުކުރެވޭނީ މަސްވެރިންގެ ގާތުން އަހައިގެން"
މަސްވެރިންގެ ދަތިތައް ހައްލުކޮށްދެވޭނީ ސީދާ މަސްވެރިންގެ ގާތުން ހާލު އަހައިގެން ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.