ރ. ފުއްގިރި މައްސަލަ
01 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާގެ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
23 Jun 2023
"ފުއްގިރި މައްސަލައިގެ ތާވަލް ހެދީ ދިފާއީ ވަކީލުންނާ މަޝްވަރާނުކޮށް"
ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ ޖުލައި ފުރަތަމަ ހަފްތާ އާ ދެވަނަ ހަފްތާއަށް ހަފްތާއަކު 3 ދުވަހު އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފައިވަނީ ދިފާއީ ވަކީލުންނާ މަޝްވަރާ ނުކޮށް ކަމަށް އެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ދިފާއީ ވަކީލު، އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
20 Jun 2023
ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ޖުލައި މަހަށް ފަސްކޮށްފި
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުންތައް ޖުލައި މަހަށް ފަސްކޮށްފި އެވެ.
19 Jun 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރިއަތުގެ އަޑުއެހުމެއް މާދަމާ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
16 Jun 2023
"22 ގަޑިއިރުގެ ހެކިބަސް ނެގިއިރު ވަލީކުންނާއި ބައްދަލުކުރުމުގެ ފުރުސަތެއް ނުދިން"
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރިއަތުގައި 22 ގަޑިއިރުގެ ހެކިބަސް ނަގާފައިވާއިރު، ރައީސް ޔާމިނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރުމަށް އެންމެ ފުރުސަތެއް ދެއްވާފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
15 Jun 2023
"ޝަރީއަތުގައި ޔާމީން ބޭންދީ ނަމާދު ކުރަން ކުރައްވަން ވަގުތު ނުދީ"
ރ. ފުއްގިރި މުއާމަލާތާއި ގުޅުވައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތަކުގައި 13 ގަޑި އިރުވަންދެން ޕްލާސްޓިކް ގޮނޑިއެއްގައި އެމަނިކުފާނު ބައިންދަވަނީ، ކެއުމާއި، ފާޚާނާ ކުރެއްވުމުގެ އިތުރުން ނަމާދު ކުރައްވަންވެސް ފުރުސަތު ނުދެއްވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.
15 Jun 2023
ފުއްގިރި ޑީލްގައި ބޮންޑެ ބައިވެރިވިކަމަށް ބުނި މައްސަލަ ފުލުހަށް
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމުން އެކަން ދޮގުކޮށް، އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
14 Jun 2023
ކުރިކް ރިޒާގެ ފިންގަ ޕްރިންޓު ރިޕޯޓު ހެދި ފަރާތުގެ ހެކިބަސް ނަގައިފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފި އެވެ.