ރ. ފުއްގިރި މައްސަލަ
13 Jun 2023
ރައީސް ޔާމީންގެ އިސްތިއުނާފު ފަސްކޮށް، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ފަސްކޮށް އަނެއްކާވެސް ދަށު ކޯޓުގައި އޮތް ފުއްގިރި މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
13 Jun 2023
ފުއްގިރި މައްސަލަ: ޒިޔަތުގެ ލެޕްޓޮޕްގައި ހުރި ޑޭޓާތަކަށް ބަދަލު ނުގެންނަކަން ކަށަވަރެއް ނުކުރޭ
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ވައިބާ ޗެޓްލޮގަކާއި ގުޅޭ ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނަގައިފި އެވެ.
13 Jun 2023
ފުއްގިރި މައްސަލަ: ރައީސް ޔާމިންގެ ހޫނު ސުވާލުތަކެއް އަދީބަށް
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގައިފި އެވެ.
12 Jun 2023
ރައީސް ޔާމިނުގެ އިރުޝާދުކަމަށް ބުނެ އަދީބު ދެއްކި ވާހަކަ ޒިޔަތު ޔަގީނެއް ނުކުރޭ!
ރ. ފުއްގިރި މުއާމަލާތް ވަކިގޮތަކަށް ގެންދިއުމަށް ރައީސް ޔާމިން އިރުޝާދު ދެއްވިކަމަށް އަދީބު ވިދާޅުވި ވާހަކަތައް ޒިޔަތު ޔަގީން ނުކުރާކަމަށް ވިދާޅުވެއްޖެ އެވެ.
11 Jun 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމަށް މާދަމާއަށް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމަށް މާދަމާ ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
04 Jun 2023
"އަދީބަކީ އާއިލާއާއެކު ދަތުރުކުރި ލޯންޗު ގޮއްވާލުމުގެ ތުހުމަތު އޮތް މީހެއް"
އަދީބުގެ ހެކިބަސް ނެގުމަށް ދައުލަތުން ދެއްކެވި ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރައްދުދެއްވައިފި އެވެ.
30 May 2023
"އަދީބާއި ޒިޔަތަށް ފުއްގިރި މައްސަލައިގެ ތުހުމަތެއް ނެތް"
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތް ސާބިތުވި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ސާބިތުވި ނަމަވެސް، އެ ދެ މީހުންނަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތްވިކަމުގެ ތުހުމަތު އޮތް ފަރާތްތަކެއް ނޫންކަމަށް ދައުލަތުން ބުނެފި އެވެ.
30 May 2023
ރައީސް ޔާމީންގެ ސިއްޙީ ހާލު ތަން ނުދޭތީ އަޑުއެހުންތައް ކުރުކޮށް ގެންދިއުމަށް އެދިއްޖެ
ސިއްޙީ ހާލުކޮޅު ތަން ނުދޭތީ، ދަށު ކޯޓުގައި ކުރިއަށް ދާ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ދިގުލައިގެން ނުދާނެފަދަ ގޮތަކަށް ކުރިއަށް ގެންގޮސްދެއްވުމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.
30 May 2023
"ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ ބޭންކު ސްޓޭޓުމަންޓުތައް ހޯދީ ޤާނޫނާއި ޚިލާފަށް"
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކުތުމަށް ހުށައެޅި ބޭންކު ސްޓޭޓުމަންޓުތައް ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށާއި، އެ ސްޓޭޓުމަންޓުތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ދަންނަވައިފި އެވެ.
25 May 2023
ފުއްގިރި މައްސަލަ: ހެކިބަސް ނެގުން ފަސްކޮށް ތަހުގީގު ފައިލު ދައްކަން އަންގައިފި
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހެކިބަސް ނެގުން ފަސްކޮށް މައްސަލައިގެ ތަހުގީގު ފައިލުތައް ދިފާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.