ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
12 Mar 2024
ހަފްތާ 14 އަށް ކަނޑައެޅި ހުރިހާ ވައުދެއްހެން އެވަނީ ފުއްދި ހާސިލް ކުރެވިފައި: ރައީސް
ހަފްތާ 14 އަށް ކަނޑައެޅި ހުރިހާ ވައުދެއްހެން ފުއްދި ހާސިލްކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
11 Mar 2024
ކައުންސިލްތައް ހިމަނާފައި އޮންނަނީ ދަށް ފަންތީގައި: ރައީސް
ކައުންސިލް ތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ދަތި ވަނީ، ކައުންސިލްތައް ދަށް ފަންތީގެ ހިމަނާފައި އޮތުމުން ކަމަށާ، އެ މައްސަލަ ހައްލު ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Mar 2024
ގާނޫނު އިސްލާހުކޮށްގެން ވިޔަސް މި ވެރިކަން ދަންމާލަންޖެހޭ
ގާނޫނު އަސާސީ އިސްލާހުކޮށްގެން ވިޔަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ މި ވެރިކަން އިތުރު ދައުރަކަށް ދަންމާލަންޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ހަރަކާތު ކޮމިޓީގެ ޗެއާރ މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
11 Mar 2024
ފަލަސްޠީނު މުސްލިމުންގެ މަތީން އަބަދުމެ ހަނދުމަކުރަމާ
މި ރަމަޟާން މަސް އެންމެހައި މުސްލިމުންނާއި ބައްދަލުކުރިއިރު ފަލަސްޠީނުގެ ބިމުގައި ހަނގުރާމައާ، ބިރުވެރިކަމާ، ހައިހޫނުކަމުގައި، ގެދޮރާއި އާއިލާގެއްލި ބިކަވުމުގެ ޙާލަތު ކުރިމަތިވެފައިވާ މުސްލިމް ތުއްތުކުދީންނާ، އުޚްތުންނާ، އަޚުންގެ މަތީން ހުރިހާ ދިވެހީން އަބަދުމެ ހަނދުމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
11 Mar 2024
ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި
ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.
11 Mar 2024
ކަނޑުދަތުރުކުރާ އުޅަނދުތަކު ޓްރެކިންގ ޑިވައިސް ހަރުކުރަނީ
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާތީ އެކަންކަން ހުއްޓުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިންގ ޑިވައިސް" ހަރުކޮށް މޮނިޓަރކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
11 Mar 2024
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ: ރައީސް ޑރ.މުއިއްޒު
ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދޫކޮށް، މަސްވެރިންގެ ބެކްލޮގް ފިލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
10 Mar 2024
ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރެވެމުން އެބަދޭ
މާދަމާ ފެށޭ ބަރަކާތްތެރި ރަމަޟާން މަހު އަސާސީ ހުރިހާ ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯއިން ގެނެސް ހެޔޮ އަގުގައި ވިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.