04 Mar 2024
މާއްޑޫއަކީ އޭދަފުށީގެ ބައެއް ކަމުގައި ކަނޑައަޅައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި އެމަނިކުފާނު ސޮއިކުރައްވައި އިޢުލާން ކުރެއްވި ޤަރާރަކުންނެވެ.