ރައީސް މުޙައްމަދު ނަޝީދު
27 Oct 2023
"ނަޝީދު ވަތްކެއް ނުކުރެވޭނެ، އެދަނީ އަނެއްކާވެސް ބަލިވާން"
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
27 Oct 2023
"މައްސަލަ އަލުން ވެއްދުމުން ހާމަވީ ރައީސް ޞާލިހު ބޭވަފާތެރިކަން"
ރައްޔިތުންހެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށްފަހު، ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ބޭވަފާތެރިކަން ހާމަވެގެންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
27 Oct 2023
ނަޝީދު ވަކިކުރުން އަވަސްކުރަން ޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
26 Oct 2023
"ހުވާކުރުމުގެ ޖަލްސާއަކީ ޤާނޫނީ ސުވާލެއް ނެތް ޖަލްސާއެއްކަން ކަށަވަރުކުރާނަން"
އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރުމުގެ ޖަލްސާއަކީ ޤާނޫނީގޮތުން ސުވާލުއުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން އެކަން އެމަގުން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީން ކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
26 Oct 2023
ނަޝީދު ވަކިކުރާ ޖަލްސާ އާދިއްތަ ދުވަހު ބާއްވާނެކަން އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ އާދިއްތަ ދުވަހު ބާއްވާނެކަން މެމްބަރުންނަށް އަންގައިފި އެވެ.
26 Oct 2023
"އެމްޑީޕީން ނަޝީޑަށް އެއްވެސް އިރަކު އިތުބާރެއް ނުކުރައްވާ"
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިރަކު އިތުބާރު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
25 Oct 2023
"ނަޝީދު ވަކިނުކޮށްފި ނަމަ މުޢިއްޒަށް ވެސް އެއްބާރުލުން ނުދޭނަން"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ ދަރުބާރެއްގައި ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވައިފިނަމަ ރައީސް މުއިއްޒަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓަކަށް ރުހުން ނުދޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފިއެވެ.
25 Oct 2023
ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ތްރީލައިން ވިޕެއް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.