ރައީސް މުޙައްމަދު ނަޝީދު
13 Nov 2023
ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އީވާ ފުރުސަތު ނުދިން!
ރައްޔިތުންގެ މަޖިލިހުގައި މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް، ދެ މަސައްކަތުގެ ތެރެއިން، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله ފުރުސަތު ނުދެއްވުމުން މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް މެދުކަނޑާލަން ޖެހިއްޖެއެވެ.
13 Nov 2023
"މަސްލަޙަތު ފުށުއެރުން" މާނަކުރި ގޮތުން ރިފްއަތަށް ފާޑުވިދާޅުވެއްޖެ
ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބު، އިބްރާހީމް ރިފްޢަތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލާގައި ޑިމޮކްރެޓްސް ގެ މެންބަރަކު ރިޔާސަތުގައި އިންނެވުމުން 'މަސްލަހަތު ފުށުއަރާ' ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ރައްދުދެއްވައިފިއެވެ.
12 Nov 2023
ނަޝީދު ވަކިކުރުން މާދަމާއަށް ވެސް އެޖެންޑާކޮށްފި
ގަރާރު ބޭރުކުރުން ގަބޫލުނުކުރާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު ގޯސްކަމަށް ނިންމައި ރިޔާސަތުން އެ ގަރާރު ބޭރުކޮށްފައިވަނިކޮށް، އެ ގަރާރު މާދަމާގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފި އެވެ.
12 Nov 2023
އީވާއާއި އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެން ކަމަަށް ނިންމައިފި
މަޖިލީހުގެ ނައިބު ރައީސް އީބާ އަބްދުﷲ އާއި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށް ސުލޫކު ކޮމެޓީން ފާސްކޮށްފި އެވެ.
12 Nov 2023
ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފާ ހޯދަނީ
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގައި ބަންޑާރަ ނާއިބު ލަފާ ހޯދުމަށްމަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.
12 Nov 2023
ނަޝީދު ވަކިކުރަން ހުށައެޅި ގަރާރު ބޭރުކޮށް މަޖިލީސް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ކަނޑައަޅައި ދިނުމަށް ހުށައަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ ގަރާރެއްގެ ސިފަތައް ފުރިހަމަ ނުވާ ގަރާރެއްކަމަށް ކަނޑައަޅައި، ގަރާރު ބޭރުކޮށް މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
10 Nov 2023
ހުވާ ކުރާއިރު ނަޝީދު ރިޔާސަތު އިންނަމަ އިހުތިޖާޖު ކުރާނަން
އިންތިޚާބީ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތު ބަލަހައްޓަނީ މަޖްލިސް މެމްބަރުންގެ އިތުބާރުނެތް ރިޔާސަތެއް ކަމުގައިވާނަމަ އެކަމަށް އެމް.ޑީ.ޕީ އިން އިހުތިޖާޖު ކުރާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
09 Nov 2023
ރައީސް ނަޝީދު ރިޔާސަތުން ވަކިކުރާ ޖަލްސާ އާދިއްތައަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.