ރައީސް މުޙައްމަދު ނަޝީދު
22 Apr 2024
އަސްލުވެސް އެމްޑީޕީ ރޫޅުނީތަ ނޫނީ ރޫޅާލީތަ؟
އިއްޔެ ނިމިގެންދިޔަ ރައްޔިތުންގެ ވިހިވަނަ މަޖިލީހަށް މެންބަރުން ހޮވި އިންތިޚާބުގައި އެމްޑީޕީއަށް ލިބިގެންދިޔަ ބޮޑު ނާކާމިޔާބަށްފަހު އެޕާޓީއަށް ތާއީދުކުރާ މީހުންގެ ތެރޭގައި ހޫނުގަދަ ބަހުސެއް ދަނީ ހިނގަމުންނެވެ. ބޮޑަށް މިބަހުސް ހިގަމުންދަނީ ސޯޝަލް މީޑިއާގެތެރޭގައެވެ.
21 Apr 2024
ދައުލަތުގެ އެންމެ މުހިންމު އެއް ބާރު އުފެއްދުމަށް އެންމެން ބައިވެރިވެލައްވާ
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލައި، ދައުލަތުގެ އެންމެ މުހިންމު އެއް ބާރު އުފެއްދުމުގައި ބައިވެރިވުމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
20 Apr 2024
މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް - ރައީސް ނަޝީދު
މިދިޔަ ސަރުކާރުން މެނިފެސްޓޯގައި އޮތް އެއްވެސް ކަމެއް ނުނިންމާ ކަމަށާއި މެނިފެސްޓޯއަށް އިހުމާލުވީ ބަޔަކު މަޖިލީހަށް ގެނެސްގެން ދެން ވާނެ ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
12 Apr 2024
އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސް އަތު: ނަޝީދު
ސަރުކާރަށް ފާރަވެރިވެވޭނީ އެމްޑީޕީއަކަށް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕިގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
01 Apr 2024
މެންބަރުކަމުގެ މުސާރަ އުނިކޮށްދިނުމަށް ނަޝީދު އެދިވަޑައިގެންފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކަށް އެ މަނިކުފާނު ހުންނެވީ ގާނާގައި ކަމަށާއި އެ މަސައްކަތް ނަޝީދާ ރަސްމީކޮށް ހަވާލުކުރުމަށް ހަމަޖައްސަންޖެހޭ ކަންކަން މިދިޔަ މަހުގެ މެދުތެރޭގައި ގާނާގެ ޕާލިމެންޓުން ސީވީއެފް ސެކްރެޓްރިއޭޓްއާ ބެހޭ ގަރާރު ފާސްކޮށްފައިވާތީ މި ދައުރުގެ ބާކީ އޮތް މުއްދަތަށް ލިބޭ މުސާރަ އުނިކޮށްދެއްވުމަށެވެ.
25 Mar 2024
މެއި 6 ހަމަލާ އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެދިއްޖެ
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން ދިފާއީ ވުޒާރާއަށް ލިބިފައިވާ އިތުރު މައުލޫމާތު އެ ވުޒާރާއިން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ އަރިހުން އެދިވަޑައިގެންފިއެވެ.
25 Mar 2024
ނަޝީދަށް ދިން ޙަމަލާއާ ގުޅޭ އިތުރު މައުލޫމާތު މަޖިލީހާ ހިއްސާކުރަން އެބަހުރި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން މަޖިލީހާ ހިއްސާ ކުރާނެ އިތުރު މައުލޫމާތު ދިފާއީ ވުޒާރާގައި އެބަހުރި ކަމަށް ދިފާޢީ ވަޒީރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
08 Mar 2024
ރާއްޖެ އާއި އިންޑިޔާ ވަރިއެއް ނުކުރެވޭނެ: ރައީސް ނަޝީދު
ދިވެހިރާއްޖެއާއި އިންޑިޔާ އަކީ އެއް ފޮތަކުން ކިޔަވައިގެން ތިބި، އެއް ބައެއް ކަމަށާ، މި ދެގައުމަކީ ވަރިކުރެވޭނެ ދެ ގައުމު ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.