ރައީސް މުޙައްމަދު ނަޝީދު
09 Oct 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށައަޅައިފި!
ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދައިފިއެވެ.
08 Oct 2023
ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭނެ: ތަރުޖަމާނު
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ވެރިކަމެއްގައިވެސް ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިންތިހާބީ ތަރުޖަމާނު ފިރުޒުލް ރައްދު ދެއްވައިފި އެވެ.
07 Oct 2023
ޑރ މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތައް މޯދީއަށް ދައުވަތު ދެއްވަނީ
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރައީސް ކަމުގެ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށް މަޤާމުގެ ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތައް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ދައުވަތު ދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Oct 2023
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ނަޝީދު ގޮތްދޫކުރައްވައިފި
ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ވޯޓަކަށް ދިޔުމަށް ގޯވާލެއްވުމަށް ފަހު ގިނަ ބައެއްގެ ނުރުހުމާއި އެކު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮތް ދޫކުރައްވައިފިއެވެ.
03 Oct 2023
"ތާއީދު ހޯދަން ނިޒާމީ ވޯޓާއި ގުޅޭ އެއްބަސްވުމެއް ނަހަދަން"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދު ހޯދުމަށް ދަ ޑިމޮކްރެޓްސްއާއި އެކު އެއްވެސް އެއްބަސްވުމަކަށް އައިސްފައި ނުވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
03 Oct 2023
އިންތިޚާބީ ރައީސް މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބައްދަލު ކުރައްވައިފިއެވެ.
03 Oct 2023
"ނިޒާމާގުޅޭ ވޯޓަށް އެމްޑީޕީން ތާއީދުކުރާނެ ކަމަށް އޭރު ބުނި"
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް، ނުވަތަ ވަކި ފަރާހަތަކަށް ނުޖެހި ތިބިކަމަށް ވާނަމަ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓު ނެގުމަށް އެއްބާރުލުން ދޭނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އޭރު ބުނެފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
03 Oct 2023
އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން!
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ އިންސާފު މިހާރު އިންތިޚާބުވެފައި މިވާ ސަރުކާރުން ހޯދައިދޭނެކަމަށް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.