ރައީސް މުޙައްމަދު ނަޝީދު
29 May 2023
"ޗޯރު އިބުރޭ ގޮވާތީ ހަމައިން ނެއްޓުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް"
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ގޮވާތީއޭ ކިޔައި ހަމައިން ނެއްޓިގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
27 May 2023
ރައީސް ނަޝީދުގެ މަންމަ އާއި ބައްޕާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވައިފި
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މަންމަ އާއި ބައްޕަ އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރައްވައިފިއެވެ
25 May 2023
"މެއި6ގެ ހަމަލާއާއި ރައީސްއާއި ގުޅިވައި ކުރާ ތުހުމަތުތަކަކީ ދޮގެއް"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި "ދަ ޑިމޮކްރެޓްސް" ގެ ބައެއް މެންބަރުން ކުރެއްވީ ކަނޑައެޅިގެން ދޮގު ތުހުމަތު ތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
24 May 2023
"ޑިމޮކްރަސީގެ ބަފަޔަށް ހެދުނު މީހާ ދޮންބަފަޔަކަށް ވެއްޖެ"
ޑިމޮކްރަސީގެ ހެޔޮލަފާ ބަފައެއްކަމަށް ހެދިގެން އުޅުނު ބޭފުޅަކު ވަރުގަދަ ނުލަފާ ދޮންބަފަޔަކަށް ވެގެން މުޅި ގައުމު ހަރާބު ކުރަމުންދާ މަންޒަރު ފެންނަން ފަށައިފި ކަމަސް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
24 May 2023
"މިނިސްޓަރު ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން"
ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
24 May 2023
"އުމުރުދުވަހަށް ޖަލަށްލާފައިވާ މީހާއަށް މާފުދިން ސަބަބު ސާފުކޮށްނުދިން"
މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމުގައި ބައިވެރިވި، އުމުރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަބްދުﷲ އަލިމަނިކު މާފުދިން ގޮތެއް މިހާތަނަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހާމަކޮށްދީފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
23 May 2023
ރައީސް ނަޝީދުގެ ހަށިފާރަވެރިންގެ ހެކިބަސް ނަގައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން، ހާދިސާ ހިނގި ވަގުތާއި، ނަޝީދު ހޮސްޕިޓަލަށް ގެންދިއުމާ ހަމަޔަށް ކަން ހިނގި އެމަނިކުފާނު ދެ ހަށިފާރަވެރިއަކު މިއަދު ކްރިމިނަލް ކޯޓުގައި ކިޔައިދީފިއެވެ.
23 May 2023
ގިނަ ދައުލަތް ހިމެނޭ ޤައުމަކަށް ބަދަލުކުރުމުން ޤައުމު ރޫޅިދާނެ; ޝަރީފް
ގިނަ ދައުލަތް ހިމެނޭ ޤައުމަކަށް ބަދަލުކުރުމުން ޤައުމު ރޫޅިދާނެ ކަމެއް ކަމަށް މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމަ ޝަރީފް ވިދާޅުވެއްޖެއެވެ.