ރައީސް މުޙައްމަދު ނަޝީދު
16 May 2023
"ރައީސް ނަޝީދު ވިދާޅުވީ ކަނޑުން ބައެއް އުނިވީމަ އިހްތިޖާޖު ކުރަންޖެހޭ ކަމަށް"
އެމްޑީޕީގެ ސިޔާސަތުގައި ވާގޮތުން ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ އިހްތިޖާޖުކުރަންޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
08 May 2023
ސަރަހައްދު ވިއްކާލި މައްސަލައިގައި ޕީޕީއެމުން ނަޝީދާއި އެކު މަޝްވަރާކޮށްފި
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އިހުމާލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަކަމަށް ބުނާ މައްސަލައާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނު އުފައްދަވާފައިވާ ފިކުރެއްގެ ދިރުން ގޮތްޕާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.
07 May 2023
"ނަޝީދަށް އިންސާފު ނުދީ ހިފެހެއްޓުމަކީ ރައީސް ޞާލިހު ބޭނުންވާ ގޮތް"
ކުރީގެ ރައީސް, އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވެފައިވާއިރު، އަދިވެސް އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައި ނުވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
29 Apr 2023
ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިއްޖެ: ރައީސް ނަޝީދު
ޗާގޯސްގެ ސިޔާދަތީ ބާރު ދޫކޮށްލުމުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިއްޖެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
27 Apr 2023
"ސަރުކާރުން ކަމެއް ބޭނުންވީމަ އެކަމެއް އަވަސް ކުރާނެ ކަމަށް ހީނުުކުރައްވާ"
ސަރުކާރުން ކަމެއް ބޭނުންވީމަ އެކަމެއް އަވަސް ކުރަންވެގެން އެމަނިކުފާނު ކަމެއް ކުރައްވާނެ ކަމަށް ހީނުުކުރެއްވުމަށް ރައްޔިތުން މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
26 Apr 2023
ކޮތަޅު ބިލު އިސްލާހު ނުކޮށް މަޖިލީސް ޗުއްޓީއަށް ދަނީ
ޕްލާސްޓިކް ކޮތަޅު ބޮނޑި ޓެކްސް ނެގުން އިސްތިސްނާ ނުކޮށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ކޮތަޅު ބޮނޑީގެ އަގުތައް އިންތިހާއަށް އުފުލި ރައްޔިތުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ މަސައްކަތް ނުނިންމާ މަޖިލީސް ޗުއްޓީއަށް ދާން ނިންމައިފި އެވެ.
25 Apr 2023
"އީޕީއޭ މުސްތަގިއްލު ތަނަކަށް ހެދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް"
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އަކީ މިނިވަން މުސްތަޤިއްލު ތަނެެއް ކަމުގައި ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރިޔާސީ ވަޢުދެއް ނަމަވެސް، އެކަން ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ނިންމަވައިފިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Apr 2023
"ފީ އިސްތިސްނާ ކުރާ މާއްދާ އުނިކުރަން ސަރުކާރުން ކުރިން ދެކޮޅެއްނޫން"
ކުނި މެނޭޖް ކުރުމުގެ ގާނޫނުގައި ހިމެނުނު ޕްލާސްޓިކް ކޮތަޅު ބޮނޑިން ފީ ނެގުން އިސްތިސްނާ ކުރާ މާއްދާ އުނި ކުރުމާއިމެދު މީގެ ކުރިން ސަރުކާރުން ދެކޮޅު ހަދާފައި ނުވާ ކަމަށް މަޖިލީހުގެ ކޮމިޓީން ދެކޭ ކަމަށާ، އެކަން ކޮމިޓީގެ ޔައުމިއްޔާއިންވެސް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
24 Apr 2023
"ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިރާއްޖެއަށް"
ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގުކަން ބޮޑީ ދިވެހިންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.  ނަޝީދު މިފަދައިން ވިދާޅުވެފައިވާ ފޯޅަވަހި މައްސަލައާއި ގުޅިގެން މަޖިލިސް މެމްބަރުންގެ ރަސްމީ ވަޓްސް އަޕް ގުރޫޕަށް ފޮނުއްވި ލިޔުމެއްގަ އެވެ.
20 Apr 2023
"ނަޝީދު ވެއްޖެއްޔާ ޕާޓީއާއި ދެކޮޅަށް މަސައްކަތް ކުރުންވެސް ވަނީ ޑިމޮކްރަސީއަށް"
މުޙައްމަދު ނަޝީދު ކުރައްވައިފި ނަމަ ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނަވާ ޕާޓީއާއި ދެކޮޅަށް މަސައްކަތްކުރުންވެސް ވަނީ ޑިމޮކްރަސީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވެއްޖެ އެވެ.