ރައީސް މުޙައްމަދު ނަޝީދު
25 Feb 2023
"ނަޝީދު ވަކިކުރަން އުޅެފި ނަމަ, ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަން"
މަޖިލީހުގެ ރައީސްކަމުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން މަސައްކަތް ކުރާނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުބާރު ނެތްކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށައަޅުއްވާނެކަމަށް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންޒާރު ދެއްވައިފި އެވެ.
24 Feb 2023
ގާސިމްގެ ހާސް ޝުކުރާއި ތައުރީފް ރައީސް ނަޝީދަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހާސް ފަށުން ޝުކުރު އަދާކުރައްވައި ތައުރީފް ކުރައްވައިފި އެވެ.
24 Feb 2023
ރައީސް ނަޝީދު ޖޭޕީގެ ކޮންގްރެސް ގައި
ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސް މިއަދު ފެށިގެން ގޮސްފައިވާއިރު، ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންފިއެވެ.
21 Feb 2023
އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ބަލައިގެންފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވަން ހުށައެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.
21 Feb 2023
"އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން މިހާރު އެބަ ނަގާ"
ފާއިތުވި ހަފްތާގައި އަމީނީ މަގުގައި އެޅި ތާރު، ކަނޑައިގެން ނަގަމުންދާ ކަމަށް ވިދާޅުވެ އެ މަސައްކަތް ކުރިއަށްދާ ގޮތަށް ރައްޔިތުންގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
20 Feb 2023
"ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބުކޮށް ދިނުމަށް ރައީސް ނަޝީދު މަސައްކަތް ކުރަންޖެހޭ"
މިއަހަރު ބޭއްވޭ ރިޔާސީ އިންތިޙާބަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހޮވުމަށް، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެންމެ ބުރަކޮށް މަސައްކަތް ކުރައްވަން ޖެހޭނީ ރައީސް މުހައްމަދު ނަޝީދު ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
20 Feb 2023
"ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވުމުގެ ފުރުސަތު ދިނީ ހަމައެކަނި މި ސަރުކާރުން"
އެކި އެކި ސަރުކާރުތަކުގައި އެމްޑީީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން އަނިޔާތައް ދީފައިވީނަމަވެސް، ކަނޑައެޅިގެން ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކަމަށް މަޖިލީހުގެ މާފަންނު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
20 Feb 2023
ރައީސް ނަޝީދުގެ ދެ މަންދޫބުން ޤާސިމާއި ބައްދަލުކޮށްފި
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފި އެވެ.