ރައީސް މުޙައްމަދު ނަޝީދު
25 Jan 2023
ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ތަފާތެއް ނެތް: ދުންޔާ
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ތަފާތެއް ނެތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
25 Jan 2023
"ރައީސް ނަޝީދު ހުންނެވީ ޕީޕީއެމްގެ ދަންތުރައިގައި ޖެހިފައި"
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ، ޕީޕީއެމްއިން ޖަހާފައިވާ ދަންތުރައެއްގައި ޖެހިވަޑައިގެންކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
25 Jan 2023
ވާދަވެރިން ދޭފައިސާގައި ހިފުމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ވޯޓް ހޯދުމަށް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ފައިސާ ހުށަހަޅައިފިނަމަ އެ ފައިސާގައި ހިފުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
22 Jan 2023
"އިއްތިހާދުގައި ތިބީ ރައީސް މައުމޫނާއި އިމްރާނާ؛ ބިރުވެރީ ކޮން ކަމެއްތޯ؟"
ކުރީގެ ރައީސް ޔާމީނާއި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް، ރައީސް ނަޝީދު، ކޯލިޝަން ހައްދަވާނެތީ އެކަމާއި ބިރު ހީވާ ކަމަށް އެމަނިކުފާނާއި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުންދާތީ، ރައީސް ނަޝީދުގެ ބަހުގެ ހަމަލާތަކެއް އެ ބޭފުޅުންނަށް ރައްދު ކުރައްވައިފިއެވެ.
22 Jan 2023
ރައީސް ނަޝީދު ދައްކަވަނީ ނުރައްކާތެރި ވާހަކަތައް: ޝަރީފް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދަނީ ގައުމުގެ މަސްލަހަތު ގެއްލިދާފަދަ ނުރައްކާތެރި ވާހަކަތައްކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
20 Jan 2023
"ބިރު ހީވަނީ ރައީސް ނަޝީދު ރައީސް ޔާމީނާ ކޯލިޝަނެއް ހައްދަވައިފާނެތީ"
މިއަދު، އެންމެ ބިރު ހީވަނީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކީގައި ކޯލިޝަން އެއް ހައްދަވާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
17 Jan 2023
"ނަޝީދު މިހާރު ޕްރޮމޯޓު ކުރަނީ ރައީސް ޔާމީންގެ ސިޔާސަތު"
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ޕްރޮމޯޓުކުރަމުންދަނީ ކުރީގެ ރައީސް ޔާމީންގެ ސިޔާސަތުތައްކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
16 Jan 2023
"ތުނބުޅީގައި ސޯސް ލީ ބޭފުޅުން ތިބީ އަޅުގަނޑާއި ޖެހިގެން ހުރި ގޮޅީގައި"
މިއަދުގެ އަދާލަތު ޕާޓީގެ މެންބަރުން ބައެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައްޔަރުކޮށް، ޖަލުގައި ބަންދުކޮަށް، ތުނބުޅީގައި ޗިލީ ސޯސްލައި، ތުނބުޅި ބޭލުވީ، އެމަނިކުފާނާއި ޖެހިގެން ހުރި ގޮޅިތަކުގައި ބައިތިއްބައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.