ރައީސް މުޙައްމަދު ނަޝީދު
02 Jan 2023
"ރައީސް ނަޝީދުގެ ކެންޕެއިން މެނޭޖަރުކަން ފުރަތަމަ ހުށަހެޅީ އަޅުގަނޑަށް"
މި މަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ކެންޕެއިން މެނޭޖަރު ކަމަށް އެންމެ ފުރަތަަމަ އެމަނިކުފާނު ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު އަދި އިންތިހާބު ކޮމިޓީގެ ރައީސް އިބްރާހިމް ވަހީދު (އިބްރޭ) އަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
02 Jan 2023
"ހާމިދު އެމްޑީޕީން ވަކިވީ އަމިއްލައަށް އެދިގެން"
އެމްޑީޕީން ވަކި ކޮށްފައިވާ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ޕާޓީން ވަކިވީ އަމިއްލައަށް އެދިގެން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
02 Jan 2023
ޖަލަކީ ދާން ބޭނުންވާ ތަނެއްވެސް ނޫން: ރައީސް ނަޝީދު
އެއްވެސް ހާލެއްގައި އެއްވެސް މީހަކު ޖަލަށް ލައިގެން، އެއީ މާމޮޅު ކަމަކަށް ހަދައިގެން އެއްވެސް އިރަކު ނޫޅުއްވާ ކަމަށާ އަދި ޖަލަކީ އެއްގޮަތަކަށްވެސް ދާން ބޭނުންވާ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
01 Jan 2023
ބޮޑުކުރި ޓެކުހާއިއެކު މި އަހަރު ދަތިވާނެ: ރައީސް ނަޝީދު
މިއަދުން ފެށިގެން ޖީއެސްޓީ/ޓީޖީއެސްޓީ ބޮޑުކުރެވިފައިވާއިރު، މި ފެށުނު އައު އަހަރަކީ ދަތިތަކާއި ކުރިމަތިލާން ޖެހޭ އަހަރަކަށް ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
30 Dec 2022
"އިންސާފު ނުލިބި، ރިއެކްޓެއް ނުކޮށް ރައީސް ނަޝީދު ދިނީ އިސްތިއުފާ"
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައުމުގެ ކުރިން އިންސާފު ހޯދައިދެއްވާނެ ކަމަށް ބުނީި އެއްވެސް ފަރާތަކަށް އިންސާފު ނުލިބި އެއްވެސް "ރިއެކްޓެއް" ނުކޮށް އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ) ވިދާޅުވެއްޖެއެވެ.
29 Dec 2022
"ކިތަންމެ މަލާމާތެއް ކުރިޔަސް ރައީސް ނަޝީދުގެ ފަހަތަކަށް ނާރާނަން'
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ފަހަތްޕުޅުގައި ހުންނެވުމުން މަލާމާތާއި ފުރައްސާރަ ކުރި ނަމަވެސް، އެ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެ ފަހަތްޕުޅަށް ނާރާނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
28 Dec 2022
"އަޅުގަނޑު މި ކުރިމަތި ލަނީ ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކުރުމަށް"
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެ ޕްރައިމަރީ އާއި ކުރިއަށް ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރައްވައި، ދިވެހިރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ގާއިމް ކުރެއްވުމުގެ ނިޔަތުގައި ކަމަށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
28 Dec 2022
ޕްރައިމަރީއަށް ކުރިމަތިލީ މޮޅުވާނެކަމުގެ ޔަގީންކަން އޮތުމުން: ނަޝީދު
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއަށް ކުރިމަތިލީ، މޮޅުވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ކުރީގެ ރައީސް އަފި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރޭ ބޮޑުފެންވަޅުގޭގައި އެމަނިކުފާނުގެ ކެމްޕޭން ޓީމާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.