ރައީސް މުޙައްމަދު ނަޝީދު
22 Mar 2023
"ބަލި ޤަބޫލުކޮށް އަސާސީ ޤަވައިދާ ޚިލާފުނުވުމަށް ނަޝީދަށް ވިސްނައިދީ"
އެމްޑީޕީގެ ޕްރައިމަރީ ނިމި ޕާޓީގެ ކެންޑިޑޭޓެއް ކަނޑައެޅުއްޖެ ކަމަށާއި، ބަލި ޤަބޫލުކުރައްވާ ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފުނުވުމަށް ނަސޭހަތްތެރިވެ ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ އަރިހުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެދިވަޑައިގެންފި އެވެ.
19 Mar 2023
"އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އޮތް އެންމެ ބޮޑު ހުރަހަކީ ނަޝީދު"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
17 Mar 2023
"ނަޝީދު މަގުމަތީގައި ސުޙަވެރި ހަރަކާތް ހިންގާ ގޮތް ގިނަ ރައްޔިތުން ދަނޭ"
ސުލްހަވެރި ހަރަކާތުގެ ނަމުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަގުމަތީ ހަރަކާތްތައް ހިންގާ ގޮތް ގިނަ ރައްޔިތުންނަށް އެނގޭކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
17 Mar 2023
ރައީސް ޔާމީންގެ އެއާޕޯޓަށް ރައީސް ނަޝީދުގެ ތަޢުރީފު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޒައާމަތުގައި ފަރެސްމާތޮޑާގައި އަޅުއްވަން ފެއްޓެވި އެއާޕޯޓަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ތަޢުރީފު ކުރައްވައިފި އެވެ.
15 Mar 2023
"ޖަލުން ސަލާމަތްވާން ވެގެން ނަޝީދު އަދީބާއެކު ވަގު ޑީލު ހެދި"
ޖަލުން މިނިވަންވެ ވަޑައިގަންނަވަން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ނެންގެވުމަށް އަހުމަދު އަދީބާއެކު ރައީސް މުހައްމަދު ނަޝީދު ޑީލު ހެއްދެވިކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ތުހުމަތުކުރައްވައިފި އެވެ.
15 Mar 2023
ފިކުރެއްގެ ދިރުމާއި ޖޭޕީން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް ހަދަނީ
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ ތެރެއިން އުފައްދާފައިވާ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީ ގުޅިގެން ޖޮއިންޓު ޕާލަމެންޓްރީ ގުރޫޕެއް އުފެއްދުމަށް މަޝްވަރާތައް ފައްޓާނެކަމަށް ފިކުރެއްގެ ދިރުމުގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
14 Mar 2023
"ބީއެމްއެލް ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރައިމްއާއި ގުޅުން އެބަހުރި"
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރިމްއާއި ގުޅުން އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
13 Mar 2023
"އިންތިޚާބަށް ދައުލަތުގެ މުދާ ބޭނުންކުރާ މައްސަލައަށް ހައްލު ބޭނުންވޭ"
އިންތިޚާބަށް ދައުލަތުގެ މުދާ އަދި ދައުލަތުގެ މީޑިޔާ ބޭނުންކުރަމުން ގެންދިޔުމާއި މެދު ކަންބޮޑުވުން ފާލުކޮށް އެކަމަށް ހައްލު ހޯދުމަށް މަޖްލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.