17 May 2026
ތިން ރައީސުންގެ މަންދޫބުން ކަނޑައަޅައިފި
މީޑިއާތަކަށް މިނިވަންކަން ހޯދައިދީ، ޚިޔާލުފާޅުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ކުރީގެ ތިން ރައީސުންގެ މަންދޫބުން ކަނޑައަޅުއްވައިފިއެވެ.
15 May 2026
އަދީބުވެސް ނިކުންނަވައިފި، ތިން ރައީސުންނާއި ބެހޭގޮތުން ދައްކާލަން ލައްކަ ގިނަ ވާހަކަ އެބަހުރި
ތިން ރައީސުން ބައްދަލުކުރައްވާ ފޮޓޯއަކާއެކު އަދީބު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މިރޭގެ ތިން ރައީސުންގެ ބައްދަލުވުމަށް ފަހު މި ރައީސުންނާއި ބެހޭގޮތުން ދައްކާލަން ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށެވެ.
15 May 2026
އެކުގައި މި ނިކުތީ ނޫސްވެރިކަން ހަނިކޮށް ހުދުމުހުތާރު ވެރިކަމަކަށްދާތީ: ތިން ރައީސުން
ތިން ބޭފުޅުންވެސް ވިދާޅުވީ، ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރުމަށްފަހު ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނަން ޖެހުނީ ނޫސްވެރިންގެ ހައްގުގައިކަމަށެވެ
15 May 2026
ތިން ރައީސުންގެ މަޝްވަރާ ފަށައިފި، ނޫސްވެރީންނާ ބައްދަލު ކުރާނެ
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މަޝްވަރާ ކުރެއްވުމަށް ބައްދަލުވުން ފަށައިފި އެވެ.
14 May 2026
ތާރީހީ ކަމެއް: ތިން ރައީސުންގެ ބައްދަލްވުން މާދަމާ ރޭ
ތިން ރައީސުންގެ ބައްދަލްވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާ އެ ބައްދަލްވުން މާދަމާ ރޭ އޮންނާނެ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
14 May 2026
ތިން ރައީސުންގެ މަޝްވަރާއަށް ތަރުޖަމާން: ކޮންމެ ބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކުރެއްވި
"ކޮންމެ ބޭފުޅަކަކީ އަނެއް ބޭފުޅަކު ހައްޔަރު ކުރެއްވި ބޭފުޅެއް. ކޮންމެ ބޭފުޅަކީ އަނެއް ބޭފުޅަކު އެބޭފުޅުންގެ ސީދާ މެއިން ރައިވަލްއޭ ވިދާޅުވި ބޭފުޅުން," މުންދު ވިދާޅުވި އެވެ.
13 May 2026
މިއީ ގައުމު ސަލާމަތްކުރަން ތިން ރައީސުން އެކުވާންވީ ވަގުތު: ފައްޔާޒު
ތަފާތު ސިޔާސީ ވިސްނުންތައް އެއްފަރާތްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ލީޑަރުން، ޚާއްސަކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޔާމީން އަބްދުލްޤައްޔޫމް އަދި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް އެކުގައި ނުކުމެވަޑައިގަތުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.
11 May 2026
ތަކުރާރުކޮށް ގާނޫނާ ހިލާފު އަމަލުތައް ހިންގުމުން ޕީއެންއެފް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
ޕީއެންއެފްގެ އިހްތިޖާޖުތަކުގައި ހުތުރު ބަހުން ވާހަކަ ދެއްކުމާއި އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު އެތައް ކަމެއް ވެސް ދަނީ ފެންނަމުންނެވެ.