ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
15 Apr 2024
ރައީސް ޔާމީންގެ މައްސަލަ ނުނިމިގެން މިއުޅެނީ ކީއްވެ؟
ހައިކޯޓުން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ އެންމެ ފަހު ޝަރީއަތުގެ އަޑު އެހުން ބޭއްވުމަށްފަހު ހުކުމް އިއްވާ މަޖިލިސް ނުބާއްވައި ދިގުދަންމާލާފައި ހިފަހައްޓައިގެން ތިބޭތާ ފަސް މަސްދުވަސްވީއެވެ. މިދުވަސްތަކުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުން އާއިލާއާއެކު ޗުއްޓީ ދަތުރުތައް އަޅައި އީދުގެ މަޖަލުގައި ބައިވެރިވެ ލައްކަ ކަންކަން ހިންގަވައިފިއެވެ.
09 Apr 2024
މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފި
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖަލްސާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަކީ ސަޕްރައިޒެއް ކަމަށް ޕީއެންއެފްއިން ބުނެފިއެވެ.
08 Apr 2024
ކުރީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް ޖަމީލް، ޔަމީނަށް ދީފި
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިން އަނިޔާއަށް ވުރެ ބޮޑު އަނިޔާއެއް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ވަކީލަކަށް ހުންނަވައިގެން ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ސަރުކާރުގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
08 Apr 2024
ޕީއެންއެފް އުފައްދާ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި
މުޙައްމަދު މަލީހު ޖަމާލު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނުގެ ޕާޓީ ޕީއެންއެފް އުފެއްދުމަށް ބާއްވާ ތާރީޚީ ޖަލްސާ އަންގާރަ ދުވަހުގެ ރޭ 9:15 ގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވަނީ ޣިޔާސުއްދީން ސުކޫލު ހޯލުގައެވެ.
08 Apr 2024
މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެތޯ: އަބްދުއްރަހީމް
ކޮރަޕްޝަން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި އޮންނެވިއިރު، ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދިޔަ އެންމެ މުޒާހަރާއަކަށް ވެސް ރައީސް ޔާމީން ގެ އަނބިކަބަލުން މެޑަމް ފާތުން ވަޑައިނުގަތީ ކީއްވެތޯ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
07 Apr 2024
ޕާޓީ އުފައްދާ ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: ޕީއެންއެފް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފްގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފިއެވެ.
01 Apr 2024
ޑޮލަރުގެ އަގު ދަށްވުމާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތަކަށް ސަޢީދުގެ ހޫނު ރައްދެއް
ޑޮލަރުގެ އަގު ދަށްވުމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހޫނު ރައްދެއް ދެއްވައިފިއެވެ.
01 Apr 2024
ޝަރީއަތް ލަސްކުރީ ސަރުކާރުން އަތް ބާނައިގެން: ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް ޝަރީއަތް ލަސްކުރަނީ ސަރުކާރުން އަތްބާނައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.