ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
27 Feb 2024
'އަނިޔާތައް' ހަނދާން ނެތުނީ ޞާލިހު ކުރި ހެޔޮ ވެރިކަމުން
2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ކުރި ވެރިކަމުގެ އަނިޔާވެރި ދުވަސްތައް ހަނދާނުން ފިލައި ދިޔައީ 2018 ވަނަ އަހަރުން 2023 ވަނަ އަހަރާއި ހަމައަށް ވެރިކަން ކުރެއްވި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ހެޔޮ ވެރިކަމުގެ ސަބަބުން ކަމަށް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާރޕާސަން އަދި ރައީސް ޞާލިހުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
23 Feb 2024
ރާއްޖެ މިއޮތް ހާލަތަށް ވައްޓާލީ ރައީސް މުޢިއްޒެއް ނޫން
ރާއްޖެ މިހާރު އޮތް ހާލަތަށް ވައްޓާލީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
22 Feb 2024
ރައީސް ޔާމީނަށް ހަމަހަމަކަން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލެއް ނުކުރަން: ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް މިއަދުގެ ގާނޫނުގެ ރައްކާތެރިކަމާއި، ހަމަހަމަކަށް ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
14 Feb 2024
ޕީއެންސީއަށްވުރެ، ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން ގިނަ
ދިވެހިރާއްޖޭގައި އަދިވެސް، ވެރިކަންކުރާ ޕީއެންސީއަށްވުރެ، ޕީޕީއެމަށް އިޚްލާޞްތެރި މެންބަރުން ގިނަ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
14 Feb 2024
ރައީސް ޔާމީންގެ ތާއީދާއި އެކު 40 ކެންޑިޑޭޓުން ވާދަކުރަނީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމުގެ ތާޢިދާއިއެކު ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 40 ކެންޑިޑޭޓަކު ވާދަކުރުމަށް މިއަދު ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން އީސީ އާއި ހަވާލުކޮށްފިއެވެ.
04 Feb 2024
ކުރީ ސަރުކާރުން ގޯތި ދިނީ ހިތުހުރި ތަނަކުން ބިން ކަނޑާފައި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ހުޅުމާލެއިން ގޯތި ދީފައިވަނީ، ލޭންޑް ޔޫސް ޕްލޭނަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގާއްޔޫމް ވިދާޅުވެއްޖެއެވެ.
26 Jan 2024
ރަސްމާލެއަކީ އަޅުގަނޑު ހިޔާލުކޮށްފައި އޮތް މަޝްރޫއެއް: ޔާމީން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، 'ރަސްމާލެ' މަޝްރޫއަކީ، އެ މަނިކުފާނު ވެސް ހިޔާލު ކުރައްވާފައި އޮތް މަޝްރޫއެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
23 Jan 2024
ރައީސް ޔާމީންގެ ޕީއެންއެފް ރަޖިސްޓަރީ ކުރުން ދެން ލަހެއް ނުވާނެ: ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާރޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ރަޖިސްޓްރީ ކުރުން ދެން ލަސްނުވާނެކަމަށް ޚުދު އެމަނިކުފާނު ވިދާޅުވެއްޖެއެވެ.