24 Nov 2023
ޔާމީންގެ ޕާޓީ ރެޖިސްޓަރ ކުރަން އާދިއްތަ ދުވަހު ހުށަހަޅަނީ!
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީގެ ރެޖިސްޓަރ ކުރުމަށް އަންނަ އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ، އަދި މިހާރު ޔާމީނާއި އަރިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.