ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
31 Oct 2023
މުޢިއްޒު ފުރަތަމަ ކުރަންޖެހޭ ދެ މަސައްކަތް ވިދާޅުވެދެއްވައިފި!
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވަންޖެހޭ މުހިންމު ދެ މަސައްކަތް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރ އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެދެއްވައިފިއެވެ.
31 Oct 2023
"އަޅުގަނޑު ޖަލުގައި ހޭދަކުރި ހިތްދަތިކަން އިހްސާސެއް ނުކުރެވޭނެ"
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވިއިރު ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަމާއި، އޭރު އެމަނިކުފާނަށް ކުރެވުނު އިހްސާސްތައް އެހެން ބޭފުޅުންނަށްވެސް ކުރެވޭ ކަމަށް އެމަނިކުފާނު އިންނެވި ތަނެއްގައި ވިދާޅުނުވުމަށް އެދިވަޑައިގެންފިއެވެ.
30 Oct 2023
ރައީސް ޔާމީން އިގުރާރާ ޚިލާފް ވާނަމަ ފިޔަވަޅު އެޅޭނެ
ކުރީގެ ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމްގެ ބަންދަށް އިތުރު ލުއި ދިނުމަށް އެމަނިކުފާނާ ކަރެކްޝަނާ ދެމެދު ވެފައިވާ އިގުރާރާ އެމަނިކުފާނު ހިލާފުވެވަޑައިގަންނަވާނަަމަ، ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަނުން ބުނެފިއެވެ.
30 Oct 2023
ރައީސް ޔާމީން ޕާޓީ އޮފީހަށް، ދެއްވީ އުންމީދީ މެސެޖުތަކެއް!
އާންމުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ގޮތަށް، ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިން ލިޔާއެކު ފުރަތަމަ ފަހަރަށް އެމަނިކުފާނު ޕީޕީއެމް އޮފީހަށް ވަޑައިގެން އާންމު މެމްބަރުންނާއި ބައްދަލުކުރައްވައިފި އެވެ.
29 Oct 2023
ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް: ޝިޔާމް
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރ ޔާމީން އަބްދުލްގައްޔޫމް ރަށު ބަންދަށް ބަދަލު ކުރެއްވީ އެމަނިކުފާނުގެ ބޭސްފަރުވާއަށް ލުޔެއް ދިނުމަށް ކަަމަށާ، ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
28 Oct 2023
ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކޮށްފި
އާންމު ޖަލްސާތަކުގައި ބައިވެރިވެވޭގޮތަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހުކުމް ރަށު ބަންދަށް ބަދަލުކޮށްފި އެވެ.
28 Oct 2023
"ވެރިއަކަށް ނުލިބޭ އަނިޔާ ސަރުކާރުން ރައީސް ޔާމިނަށް ދީފި"
މި ފަހުގެ ތާރީހުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިއަކަށް ނުލިބޭ އަނިޔާ އެމްޑީޕީގެ މި ސަރުކާރުން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދީފައިވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
24 Oct 2023
ފަނޑިޔާރުން ޗުއްޓީއަށް، ރައީސް ޔާމިނުގެ އިސްތިއުނާފު މަޑުޖެހިއްޖެ
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު ހުކުމުގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން އެ މައްސަލަ މަޑުޖެހިއްޖެ އެވެ.