ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
29 Nov 2023
ޕީއެންއެފް އުފައްދަން ހުއްދަ ދީފި!
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް, ޕީއެންއެފް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފިއެވެ.
28 Nov 2023
ޕީއެންއެފް އުފެއްދުމުގެ ހުއްދަ މާދަމާ ދެނީ!
ޕީޕީއެމުން ވަކިވެ ވަޑައިގެން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މާދަމާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
27 Nov 2023
ރައީސް ޔާމީން، ޕީއެންއެފް އޮފީހަށް ވަޑައިގެން މައްސަލަ ބަލަނީ
ގޭ ބަންދަށް ބަދަލުކުރައްވައިފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްޕީޕީއެމުން ވަކިވެ ވަޑައިގެން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އޮފީހަށް ރޭ ވަޑައިގެން، އެ މައްސަލަ ބަލަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.
27 Nov 2023
ޕީއެންއެފް އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ރައީސް ޔާމިން!
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފައްދަ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ރައީސް ޔާމިން ސޮއިކުރައްވައިފިއެވެ.
26 Nov 2023
"ކޮން ދުވަހަކުތޯ އަބްދުއްރަހީމް ޔާމީނަށް ހެޔޮ އެދޭ ބޭފުޅަކަށްވީ؟
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަށް ހެޔޮ އެދޭ ބޭފުޅަކަށްވީ ކޮން އިރަކުތޯ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ސުވާލު ކުރައްވައިފި އެވެ.
26 Nov 2023
މި ޕާޓީން ހުރިހާ އިންތިޚާބެއްގައި ވާދަކުރާނެ: މަލީހު
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އައު ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ކުރިއަށް އޮތް ހުރިހާ އިންތިޚާބެއްގައިވެސް ވާދަކުރާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
26 Nov 2023
މަޖިލީސް އިންތިހާބަށް ޕީއެންސީ އަދި ޕީޕީއެމް އެކުގައި ވާދަކުރަނީ
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީ އަދި ޕީޕީއެމް އެކުގައި ނިކުންނަން ނިންމައިފި އެވެ.
26 Nov 2023
ޔާމީންގެ ޕާޓީ އުފައްދަން ހުއްދަ އަށް އެދެނީ ޒޭންގެ ނަމުގައި!
ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގައި ހުއްދައަށް އެދިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން، ޒޭން ޔާމީންގެ ނަންފުޅުގައި ކަމަށް، ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.