ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
14 Jan 2024
ބަލިވީ ރައީސް ޔާމީން ނުލައި ނުކުތީމައެއް ނޫން: އަބްދުއްރަހީމް
އިއްޔެ ބޭއްވި މާލޭ މޭޔަރ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓަށް ކާމިޔާބީ ނުލިބުނީ، ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ފަހަތްޕުޅުގައި ނުހުންނެވީމަ ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
13 Jan 2024
ބައި އިލެކްޝަންގައި ރައީސް ޔާމީން ވޯޓުލައްވައިފި
މިއަދު ކުރިޔަށްދާ މާލޭގެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަންގައި ކުރީގެ ރައީސް, އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވޯޓް ލައްވައިފިއެވެ.
28 Dec 2023
ރައީސް، ޔާމީނާއި ބައްދަލު ނުކުރައްވަނީ ރަނގަޅުކަމެއް ނޫންވީމާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް ޔާމީނާއި ބައްދަލު ނުކުރައްވަނީ، އެމަނިކުފާނަކީ ޝަރުޢީ ބަންދެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެއީ، ގާނޫނީ ގޮތުން ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
28 Dec 2023
ޔާމީނާ ގުޅިގެންވީ ވަޢުދު ރައީސް މުޢިއްޒު ފުއްދަވައިފި
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
19 Dec 2023
"ޕީއެންއެފް ރެޖިސްޓަރ ކުރަން ހުށަހަޅާނީ ޔާމީން މިނިވަންވީމާ"
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އައު ޕާޓީ، ޕީއެންއެފް ރެޖިސްޓާ ކުރަން ހުށަހަޅާނީ އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގެންނެވުމުން ކަމަށް، ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
18 Dec 2023
ރައީސް ޔާމީން މިނިވަންކުރަން މަގުމައްޗަށް ނުކުންނަން ތައްޔާރު
ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތަށް މަގުމައްޗަށް ނުނިކުމެ ތިބެނީ މި ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތަށް މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ތައްޔާރަށް ތިބި ކަމުގައި ޕީއެންއެފްއިން ބުނެއްޖެއެވެ.
10 Dec 2023
ރައީސް ޔާމީން ޕީއެންއެފް އަށް ސޮއިކުރައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެމަނިކުފާނު އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފިއެވެ.
09 Dec 2023
ރައީސް މައުމޫން އަދި ރައީސް ޔާމީންގެ ބޮޑުދައިތަ ރަންފުޅު އަވަހާރަވެއްޖެ
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޮޑުދައިތަ ގ. ކެޓޭނިޔާ އުންމުކުލްޘޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ.