ކުޅިވަރު
25 Aug 2022 | 01:54
ޓީނޭޖުން ދަ ގްރާންޑޭ މޮޅުވިޔަ ނުދީ ހިފަހައްޓައި ޕްރިމިއާ ލީގުގެ އުންމީދު އާކޮށްފި

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކްލަބް ޓީނޭޖުން ދަ ގްރާންޑޭ މޮޅުވިޔަ ނުދީ ހިފަހައްޓާ ޕްރިމިއާ ލީގުގެ އުންމީދު އާކޮށްފިއެވެ.

ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި ޓީނޭޖް އާއި ދަ ގްރާންޑޭ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗު ފެށުމުގެ ކުރިން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދަނޑުގެ ހާލަތަށް އައި ބަދަލާއި އެކު ދެ ޓީމަށްވެސް ވަނީ މެޗުގެ ކުރީ ރަނގަޅު ކުޅުމެއް ދެއްކުމަށް ދަތި ވެފައެވެ.

މެޗުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 39 ވަނަ މިނަޓުގައެވެ. މި ގޯލު ޑަ ގްރާންޑޭ އަށް ކާމިޔާބު ކޮށްދީ މެޗުގެ ލީޑު އެ ޓީމަށް ނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ހޫގޯ ރެޓަމާލް އެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓިނޭޖަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތު ތަކުގެ ބޭނުން ނުހިފި ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 އިން ދަ ގްރާންޑޭ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅު ދަ ގްރާންޑޭ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލީޑު ފުޅާ ކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނަޓުގައި އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނީ އުސާމާގެ އެހީތެރި ކަމާއި އެކު ޝާހިރު އެވެ. ނަމަވެސް ދެ ގޯލުގެ ލީޑުގައި ދަ ގްރާންޑޭއަށް އޮވެ ވުނީ މިނަޓެއް ވަންދެންނެވެ. މެޗުގެ 63 ވަނަ މިނަޓުގައި ޓީނޭޖަށް މި ގޯލު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނިކުތް ބަހުޖަތު އަބްދުލް އަޒީޒް އެވެ.

މި ގޯލާއި އެކު މެޗުގެ އޮއެވަރު ވަނީ ޓީނޭޖު ކޮޅަށް ބަދަލު ވެފައެވެ. އެގޮތުން ފުލުފުލުން ހަމަލާ ތަކެއް އުފައްދަމުން ގޮސް މެޗުގެ 85 ވަނަ މިނަޓުގައި ޓީނޭޖަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް ޓީނޭޖްގެ އަފީފީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޕެނަލްޓީ ނާކާމިޔާބު ވީނަމަވެސް އަފީފީ ވަނީ ހިއްވަރުކޮށް މެޗުގެ އިތުރު ވަގުތުގައި ޓީނޭޖަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ލީގު އުސޫލުން ކުރިއަށްދާ ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ތާވަލުގެ ކުރީގައި މިހާރު އޮތީ ފުރަތަމަ މެޗު ކާމިޔާބު ކުރި ސަސް އެވެ. ފުލުގައި ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު އޮތް އިރު ދަ ގްރާންޑޭ އަދި ޓީނޭޖު އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައެވެ. ކޮލިފިކޭޝަންގެ ދެން އަންނަ ހޮނިހިރު ދުވަހު ޓީނޭޖާއި ސަސް ބައްދަލު ކުރާއިރު އެރޭ ދަ ގްރާންޑޭ ނިކުންނާނީ ބުރާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.