ފޮޓޯ: ޓެލެގްރާފް
ކުޅިވަރު
04 Sep 2022 | 23:03
ޕްރިމިއާ ލީގު: ކޭންގެ ގޯލުން ޓޮޓެންހަމް އިން ފުލަމްގެ މައްޗަށް ކުރިހޯދައިފި

ޓޮޓެންހަމް ހޮޓްސްޕާސް އިން ހެރީ ކޭންގެ ގޯލުން ފުލަމް ގެ މައްޗަށް ކުރިހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއި އެކު ޓޮޓެންހަމް ވަނީ އެ ޓީމުން މި ސީޒަނުގެ ލީގުގައި ކުޅުނު 6 މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބު ކޮށް ދެ މެޗު އެއްވަރު ކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނެފައިވަނީ އޭނާގެ ޓީމުގެ ކުޅުމާއި މެދު ހިންހަމަ ޖެހޭކަމަށާއި ވަކިން ހާއްސަކޮށް މި ސީޒަނަށް އެ ޓީމާއި ގުޅުނު ރިޗާލިސަންގެ ގުޅުން ފާހަގަ ކޮށްލެވޭ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ދެވަނައަށް ލީގުގައި އެންމެ ގިނަ ގޯލު ޖެހި އެ ޓީމުގެ ތަރި ސަން މި ސީޒަނުގައި ގޯލު ޖެހުމަށް ނުކުޅެދިފައިވާ މައްސަލަވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މި މެޗުގައި އެންމެ ފުރަތަ ގޯލު ޖަހާ ލީޑު ނެގީވެސް ޓޮޓެންހަމްއިންނެވެ. މެޗުގެ 40 ވަނަ މިނަޓުގައި އެ ޓީމަށް މި ގޯލު ޖަހައިދީފައިވަނީ ހޮއިބިއާއެވެ. މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭންއެވެ. މި ގޯލަށްފަހު ފުލަމްއިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއް ކާމިޔާބު ކޮށްފައެވެ. މެޗުގެ 83 ވަަނަ މިނެޓުގައި އެ ގޯލު ޖަހައިދީފައިވަނީ މިޓްރޮވިޗް އެވެ.

ޓޮޓެންހަމްގެ ރިޗާލިސަން އިތުރު ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އެއީ އޮފްސައިޑު ގޯލެއްގެ ގޮތުގައި ނިންމާފައެވެ.

އެ ޓީމުން ދެން ލީގުގައި ޗެމްޕިއަން ސިޓީއާއި ދެކޮޅަށް ނިކުންނަ އިރު އޭގެ ކުރިން ޗެމްޕިއަންސް ލީގުގައި އެ ޓޮޓެންހަމްއިން ފްރާންސްގެ މާސޭއާއި ދެކޮޅަށް ނިކުންނާނެއެވެ.

ރޭ ޕްރިމިއާ ލީގުގައި ބޯންމައުތުން 3-2 އިން ނޮޓިންހަމް ބަލިކުރިއިރު، ބްރެންޓްފޯޑުން ވަނީ 5-2 ބޮޑު ނަތީޖާއަކުން ލީޑްސް ބަލިކޮށްފައެވެ. މީގެ އިތުރުން 1-0 ގެ ނަތީޖާއަކުން ވުލްވްސް އިން ސައުތެމްޓަން ބަލިކުރި އިރު، ނިއުކާސަލް އާއި ކްރިސްޓަލް ޕެލެސް 0-0 އިން ވަނީ އެއްވަރު ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.