ފޮޓޯ: ޕީއެސްޖީ
ކުޅިވަރު
07 Sep 2022 | 00:07
ޗެމްޕިއަންސް ލީގު: ޔުވެންޓަސް ބަލިކޮށް ޕީއެސްޖީއިން ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށް ފްރާންސްގެ ޕީއެސްޖީއިން ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގަައި ރޭ ކުޅެވުނު މި މެޗު ޕީއެސްޖީއިން ކާމިޔާބު ކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ މެޗުން ބަލިވި ޔުވެންޓަސް އިން ކަން ފާހަގަ ކުރެވެއެވެ.

ރޭގެ މެޗުގައި ފުރަތަމ ގޯލު ޖަހާ ލީޑު ނެގީވެސް ޕީއެސްޖީ އިންނެވެ. އެގޮތުން މެޗުގެ 5 ވަނަ މިނަޓުގައި ނޭމާގެ އެހީތެރިކަމާއި އެކު މި ގޯލު ކާމިޔާބު ކޮށްދިނީ އެމްބަޕޭ އެވެ. އެއަށްފަހު މެޗުގެ 22 ވަނަ މިނަޓުގައި އެމްބަޕޭ ވަނީ އިތުރު ގޯލެއް ޖަހާ ޕީއެސްޖީއަށް ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގައި ޔުވެންޓަސް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޕީއެސްޖީގެ ޑިފެންޑަރުންނާއި ގޯލް ކީޕަރު ޑޮނަރޫމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ޔުވެންޓަސް އިން ދެވަނަ ހާފުގައި އިތުރަށް ކުޅުން ރަނގަޅުކޮށް މެޗުގެ 53 ވަނަ މިނަޓުގައި ވަނީ ގޯލެއް ޖަހާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެކޭނީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ކިޔެވުންތައް ނިންމާލައިފި
ބޮޑެތި ބަދަލުތަކާ އެކު ކުރިއަށް ގެންދިޔަ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރުގައި 138 ދަރިވަރުން ކިޔެވި އިރު، ތިން ބައިގެ އެއް ވަނައަށް ރައީސްގެ ޚާއްޞަ އިނާމާއި ސްކޮލާޝިޕް ދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.