ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންއަށް މީހަކު ވަންނަނީ: ފޮޓޯ/ބީއެމްއެލް
ހަބަރު
02 Jan 2023 | 11:42
ބޭންކުގެ ސެކިއުރިޓީ އަށް ގެނެވުނު ބަދަލުތަކާއެކު ސްކޭމްގެ މައްސަލަތައް މަދުވެއްޖެ: ފުލުހުން

ފަހުން މާފުށި ޖަލުގައި ދާދިފަހުން ހިންގި އޮޕަރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް އިން ސެކިޔުރިޓީ ވަރުގަދަކޮށް އެޅި ހަރުކަށި ފިޔަވަޅާއި އެކު ސްކޭމްގެ މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ރާއްޖެޓީވީ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރަޖްނީ ޝުއައިބު ވިދާޅުވީ ސްކޭމްގެ މައްސަލަތައް އަދިވެސް ހުށަހަޅާ ކަމަށާއި އެހެން ނަމަވެސް އެފަދަ މައްސަލަތައް ހުށަހަޅާ އަދަދު މަދުވެފައިވާ ކަމަށެވެ.

"ސްކޭމްގެ މައްސަލަތައް ވެސްް ހަމަ ހުށަހެޅޭ ، އެހެން ނަމަވެސް ދާދި ފަހުން އަޅުގަނޑުމެން ޖަލުގައި މި ހިންގި އޮޕަރޭޝަނާއި އަދި ބޭންކުގެ ސެކިއުރިޓީ އަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ސްކޭމްގެ މައްސަލަތައް ހުށަހެޅޭ އަދަދުތައް މަދުވާން ފަށާފައިވާކަން ހަމަ ފާހަގަކޮށްލަން،" ރަޖްނީ ވިދާޅުވި އެވެ.
އެހެންނަމަވެސް މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވާކަމަށާއި އަދިވެސް އިތުރަށް ސަމާލުކަން ދެވޭނެ ކަންކަން ހުރިކަމަށް ޝުއައިބު ވިދާޅުވިއެވެ.

މިއާއެކު ޝުއައިބު ވިދާޅުވީ ޑޮލަރު ވިއްކުމާއި މީހުންނަށް އޮޅުވާލައިގެން ޑޮލަރުގެ މުއަމަލާތްތައް ހިންގުން ފަދަ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން ބޮޑުކަމަށާ، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ ތަކުގައިވެސް ބިދޭސީންގެ ބައިވެރިވުން އޮންނަ ކަމަށެވެ. 

ސްކޭމް ލިންކްތަކުގެ ބޭނުންކޮށްގެން މީހުންގެ އީމެއިލް ހެކްކޮށް، އީމެއިލަށް އޯޓީޕީ ފޮނުވައިގެން ބޭންކް އެކައުންޓުން ފައިސާ ނެގުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ވަނީ ބޭންކިން އެޕްގެ އޯޓީޕީ ހަމަ އެކަނި ފޯނަށް ލިބޭ ގޮތަށް އެ ނިޒާމު ބަދަލުކޮށްފަ އެވެ.

ކޮމެންޓް
ބޭންކު
އެއްޗެއް ނެތިއްޔާ ކުރާނެ ސުކޭމެއް އެހެން ކަމެއްވެސް އޮންނާނެތަ؟
02 Jan 2023
ގުޅޭ ލިޔުންތައް
12 Oct 2026
މަސްތުގެ ހާލަތުގައި ހުރެ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ 30 ދުވަހަށް ބަންދުކޮށްފި
މީނާއަކީ ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފުވެފައިވާ މީހެއް ކަމަށާއި އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތްކަން ފުލުހުން އޭރު ވަނީ ފާހަގަކޮށްފައެވެ.
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.