ދިވެހި ފުލުހުން— ފޮޓޯ/ވޮއިސް
ހަބަރު
19 Mar 2024 | 21:10
ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ބޮޑު ކޮށްފި

ފުލުހުންގެ މުސާރައިގެ އޮނިގަނޑު މި މަހުން ފެށިގެން ބަދަލުކޮށް މުސާރައިގެ ކުރިއެރުން ދީފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުސާރައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޝިފާން މީޑިއާ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން މަގާމުގެ އެލަވަންސް އާއި ޖޮބް އެލަވަންސްގެ އިތުރުން ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށެވެ. 

އަދި މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ޝިފާން ފާހަގަކުރެެއްވިއެވެ. 

މީގެ އިތުރުން، މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފް ކުރުމުގެ ގޮތުން ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލު ގެނެވިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ޝިފާން މިހެން ވިދާޅުވެފައި މިވަނީ ފުލުހުންނަށް ދެމުން އައި ގިނަ އެލަވަންސްތަކެއް ކަނޑާލާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ހަބަރުފަތުރަމުންދާތީ އެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކޮށްދޭން ވައުދުވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jul 2026
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއް
ޖަމްޢިއްޔަތުއްސަލަފުން މާވަށު ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއެކޮށްފި އެވެ.
03 Jul 2026
ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން: ރައީސް
އެގޮތުން ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ.
03 Jul 2026
ވ. ތިނަދޫ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.
03 Jul 2026
ވަޒީރު އެދިވަޑައިގަތީ ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރުމަށް
ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
03 Jul 2026
ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި
އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ
03 Jul 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށެވެ.
03 Jul 2026
ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނިޓުގެ 'ބަފަރ ޓައިމް'
ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.