ހޯމް މިނިސްޓަރު އަލީ އިހުސާން
ހަބަރު
10 Apr 2024 | 11:53
ޕީއެންއެފް ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ނުކުތް ސަބަބު ބަލަނީ

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އުފެއްދުމަށް ރޭ ބޭއްވި ޖަލްސާ ގިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުމުން އެކަން ހުއްޓުވުމަށް ފުލުހުންގެ އެސްއޯ ފައުޖު ބޭނުންކުރި ސަބަބު ރިވިއުކޮށް ބެލުމަށް އަންގާފައިވާ ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފައްދާ ޖަލްސާ ރޭ 9 ޖަހާއިރު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައެވެ.

ނަމަވެސް, ފުލުހުން ވަނީ މި ޖަލްސާއަށް ހުރަސްއަޅާފައެވެ. ފުލުހުން ވިދާޅުވިގޮތުގައި އެ ޖަލްސާ ހުއްޓުވާފައިވަނީ އެ ސްކޫލުގެ ހޯލު ދޫކުރުމަށް ހެދި އެއްބަސްވުން މިއަދު މެންދުރު ފަހު ބާތިލުކުރުމަށް ފަހު ވެސް, އެ ސްކޫލުގައި ޖަލްސާ ބާއްވަން އުޅުމުން ސްކޫލްގެ ތައްކާތެރިކަން ކަށަވަރުކުރުމަށް އެ ސްކޫލުން އެދިފައިވައިވުމުންނެވެ.

ފުލުހުންގެ އެސްއޯ އާއި ޕީއެންއެފްގެ މެންބަރުންގެ ކުރިމަތިލުމަކަށް ގޮސް، ޕެޕާ ސްރޭ ޖަހާފައިވެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އިހުސާން ރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި, އިހުތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓާއިރު, ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

ވަކިން ޚާއްސަކޮށް, ޚާއްސަ ހާލަތެއްގައި މެނުވީ އެސްއޯ ފުލުހުން ބޭނުން ނުކުރުމަށް ވެސް އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑުވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި." 

އިހުސާން ވިދާޅުވިއެވެ.

މީގެ ކުރިން ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ޤައުމުގެ މުޅި މަސްލަހަތަށް ނުވަތަ ރަށެއްގެ މުޅި މަސްލަހަތަށް ގެއްލުންވާ ހާލަތެއް މެދުވެރިނުވާނަމަ ފުލުހުން ބާރުގެ ބޭނުންނުކުރުމަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށެވެ.

އަދި ކުރީގައި ސިޔާސީ ބޭނުމަށް ފުލުހުން ބޭނުންކުރަމުން އައި ގޮތަށް މި ސަރުކާރުގައި ފުލުހުންގެ ބޭނުންކުރާ މަންޒަރު ނުފެންނާނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ރޭ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ސިޔާސީ ހަރަކާތަށް އަބަދު ވެސް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ