ސީޕީ ޝުޖާއު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަދި ހޯމް މިނިސްޓަރ އަލީ އިހްސާން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Apr 2024 | 10:15
އެސްއޯ ފުލުހުންނަށް ދެން ހަރަކާތްތެރިވެވޭނީ ސީދާ ސީޕީގެ ހުއްދަ ލިބިގެން!

މުޒާހަރާތަކާއި އެއްވުންތައް ކޮންޓްރޯލް ކުރުމަށް ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ހޯމް މިނިސްޓަރ ކަނޑައަޅުއްވައިފިއެވެ.

މިފަދައިން ކަނޑައަޅާފައި މިވަނީ މިމަހު ނުވަ ވަނަ ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އާންމު ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި އެ ސްކޫލްގެ ހުއްދަ ނެތި ބާއްވަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް ފުލުހުން ބޭނުންކޮށްގެން ބާރުގެ ބޭނުންކޮށްފައިވަނީ އެމަނިކުފާނުގެ އެންގުމާ ޚިލާފަށް ކަމަށާއި، އެކަން ހިގައިދިޔަ ގޮތް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނިކޮށެވެ. 

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވި ގޮތް ރިވިއު ކުރުމަށް ފަހު ފަސް ކަމެއް އިސްލާހު ކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އަންގަވާފައެވެ. އެއީ؛ 

1- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާން ޖެހޭނެ އޮަޕަރޭޝަނަލް ހާލަތުތައް އަލުން ކަނޑައަޅައި، އެ ހާލަތުތަކުގައި ވެސް އެސްއޯ ފުލުހުން ޑިޕްލޮއި ކުރުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ސީދާ ހުއްދަ ހޯދުން.

2- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން.

3- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ރޭ ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް މީހަކު އިހުމާލު ވެފައިވާ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅުން.

4- އޮޕަރޭޝަނަލް ހާލަތުތަކުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލު މުރާޖައާކޮށް، މިހާރަށް ވުރެ ދެފުށް ފެންނަ އަދި ތަފުސީލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން.

5- ޣިޔާސުއްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްފައިވާ ގޮތް "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ބަލައި ފިޔަވަޅު އެޅުން

ހޯމް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ސަރުކާރުގެ ވިސްނުމަކީ އޯގާތެރި ކުލުނުވެރި ޖަވާބުދާރީވަނިވި ފުލުހުންގެ ހިދުމަތެއް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ރެޔާއި ދުވާލު ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
06 Oct 2026
އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
މި ސެޝަނުގައި ދަރިވަރުންނަށް އެ ކުދިންގެ ޝައުގުވެރިކަމާއި ހުނަރާ މެދު ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ އިތުރުން، ކިޔެވުމުގެ ސްޓްރީމް ހިޔާރުކުރުމާއި ޔުނިވާސިޓީ ލެވެލްގެ ފުރުސަތުތަކާއި ކެރިއާގެ މަގުތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާއި އާއިލާތަކަށް ފޯރުކޮށްދީފައިވެއެވެ.
06 Oct 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް
ފުލުހުން ބުނެފައިވާ ގޮތުން، ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ.
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ