ޖޭވީޕީގެ ރެލީއެއް.. ފޮޓޯ: ސްރީލަންކާ ގާޑިއަން
ދުނިޔެ
15 Apr 2025 | 17:45
ލަންކާގެ ވެރިކަންކުރާ ޕާޓީގެ ޚާރިޖީ ވިސްނުން އިންޑިއާއާ ދިމާއަށް!

ސްރީލަންކާގައި މިހާރު ވެރިކަންކުރާ ޖޭ.ވީ.ޕީ ވެރިކަމަށް އައި އިރު، އެޕާޓީގެވެސް އަދި ރައީސް އަނޫރަކުމާރަ ޑިސަނަޔަކަގެވެސް މާގިނަ ބައިނަލްއަގްވާމީ ރައްޓެހިންނެއް ނެތެވެ. އަދި އެޕާޓީގެ އިސް ސަފުގެ ގިނަ ބޭފުޅުންނަކީ ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި އެހާ ގާތް ބައެއްވެސް ނޫނެވެ. އެއާއި ޚިލާފަށް، ލަންކާގައި ކުރިން ވެރިކަންކުރީ މުޅިންވެސް 'ޕޮލިޓިކަލް އެސްޓަބްލިޝްމެންޓް' ތެރެއިންކަމަށްވުމުން، ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންނާ ސަރަހައްދީ ބާރުތަކާ ދެމެދު ގާތް ގުޅުމެއް އޮތީ އުފެދިފައެވެ. އެހެންކަމުން ޖޭވީޕީ އަށް ވެރިކަންކުރަން އުނދަގޫވާނެކަމަށް ބައެއް މީހުން ދެކުނެވެ.

އެހެންނަމަވެސް ކަންކަން ވެގެން ދިޔައީ އެހެންނެއް ނޫނެވެ. ލަންކާގެ އައު ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރަމުންދާ ގޮތަށް ދިރާސާކުރާ ފަރާތްތަކުން ތައުރީފްކުރެއެވެ. ވެރިކަމުގެ ކުރީކޮޅު އިންޑިއާ އަދި ޗައިނާއަށް ދަތުރުކުރައްވައި، ދެގައުމާއެކުވެސް ގާތް ގުޅުމެއް އުފެއްދެވިއެވެ. ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ސަރަހައްދީ ހަގީގަތާއި ކުރިމަތިލައި، ނަމޫނާ ޚާރިޖީ ސިޔާސަތެއް ލަންކާއިން ތަންފީޒުކުރާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ޗައިނާއާއެކުވެސް ގާތް ގުޅުމެއް ބާއްވަމުން، އެހެންނަމަވެސް ޖެހިގެން އުތުރަށް އޮތީ އިންޑިއާކަން ދަނެގެން ލަންކާއިން މަސައްކަތްކުރަން ފެށުން ފެނިގެންދަނީ އެގައުމަށް ރަނގަޅު ގޮތްތައް ވާތަނެވެ. ޖިއޮގްރަފީގެ ގޮތުން އިންޑިއާގެ ބުޑުގައި ލަންކާ އޮތުމާއެކު، އިންޑިއާއާއެކު އޮންނަ ގާތްގުޅުން ބަދަހިކުރަމުން ޗައިނާއިން ނުވަތަ ދުނިޔޭގެ އެހެން ބާރަކުންވެސް މާބޮޑަށް ޖައްސާނެ މައްސަލައެއް ނެތެވެ. އެހެނެއްކަމަކު، މާ ދުރުގައި އޮތް ޗައިނާ ނުވަތަ ޕާކިސްތާނާއެކު އޮންނަ ގުޅުން ލަންކާއިން ބަދަހިކޮށް، އިންޑިއާ ފެޔަށް ޖައްސަން އުޅޭނަމަ، ނިކުންނާނެ ކިތަންމެ މައްސަލައެއް އޮންނާނެއެވެ.

ޖޭވީޕީގެ ޖެނެރަލް ސެކްރެޓަރީ ތިލްވިން ސިލްވާ ވިދާޅުވީ އިންޑިއާއާއެކު ހަދަމުންދަނީ ދެގައުމަށްވެސް ފައިދާވާ އެއްބަސްވުންތައް ކަމަށާއި، ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް އެ އެއްބަސްވުންތަކުން ގައުމަށް ގެއްލުންވާ މައްދާއެއް ދެއްކުމަށް ދައުވަތު ދެއްވާކަމަށެވެ. ތިލްވިން ސިލްވާ މިހެން ވިދާޅުވީ ލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ޖޭވީޕީއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އަދި މިހާރުގެ ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހޯދި ބައިނަލްއަގްވާމީ ސަޕޯޓަކީ އެހެން އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކުރިން އެމީހުން ފާޑުކީ އަހަރެމެންގެ ބައިނަލްއަގްވާމީ ސަޕޯޓަރުންނެއް ނެތްކަމަށް ބުނެ. މިހާރު އެމީހުންނަށް ބައިނަލްއަގްވާމީ ސަޕޯޓު ހޯދުނު ވަރަށްވުރެވެސް މާބޮޑަށް ސަޕޯޓް ހޯދީމަ އެބުނަނީ ގައުމަށް ބޭވަފާތެރިވީއޭ"، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ތިލްވިން ސިލްވާ ވިދާޅުވިއެވެ.

ލަންކާ އޮތީ އިންވެސްޓްމަންޓާއި، އެހީތެރިކަމަށާއި، ރަހުމަތްތެރިކަމަށް ހުޅުވާލެވިފައެވެ. އަދި އެކަން އެންމެ ބޮޑަށް ދަނެގެން، ލަންކާއާއެކު އޮތް ގުޅުން ބަދަހިކުރަން އެންމެ ބޮޑަށް އުޅޭތަންވެސް ފެންނަނީ އިންޑިއާއެވެ. އެހެން ގައުމެއްގެ އެހީތެރިކަމަށްވުރެ ބޮޑަށް ލަންކާއިން ހޯދާތަންވެސް އަދި ބޭނުނުންވާތަންވެސް ފެންނަނީ އިންޑިއާގެ އެހީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.