ރައްޔިތުންގެ މަޖިލީސް؛ ފޮޓޯ / ރައްޔިތުންގެ މަޖިލީސް
ހަބަރު
21 Apr 2026 | 13:18
ޕީސީބީ ޖަވާބުދާރީކުރުމަށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

ރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އަހަރީ ރިޕޯޓުތައް އާންމު ނުކޮށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީ، އެ ބޯޑު ޖަވާބުދާރީ ކުރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށެހެޅީ މިއަދު، ސޯޝަލް މީޑީއާގެ އެކްޓިވިސްޓެއް ކަމުގައިވާ މިދުއަމް ސައުދުއެވެ.  

އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ޕީސީބީން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާނުކުރާކަމަށް އެ ޕެޓިޝަނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޕީސީބީން އާންމު ކުރަން ޖެހޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ އަދި އަހަރީ ރިޕޯޓުތައް ހިއްސާ ކުރުން ލަސްކަން އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން، މި އަހަރުގެ ފުރަތަމަ ކުއާރޓާ ނިމި ދެވަނަ ކުއާޓާރ ހިނގަމުން ދާއިރު ޕީސީބީއިން އެންމެ ފަހުން ނެރެފައިވާ ކުއާރޓާލީ ރިޕޯޓަކީ 2025 ވަނަ އަހަރުގެ ފުރަތަމަ ރިޕޯޓު ކަންވެސް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުތައް ހިއްސާކުރުމުގައި 12 މަސް ނުވަތަ އެއް އަހަރުގެ ގެޕެއް އައުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ އެންމޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ނުލިބޭ ސަބަބެއްކަން ޕެޓިޝަނުގައި ވަނީ ބަޔާންކޮށްފައެވެ. އެ ގޮތުން، އެއީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޒިންމާދާރު ކުރުވަން އެޅޭ ހުރަހެއްކަން އޭގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ، ކުންފުނިތަކުން އުސޫލުތަކާއި ހިލާފަށް ހިންގާ އަދި ހިންގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މާ ލަސްވުމުގެ ސަބަބުން ނުބަލާ ދޫކޮށްލަން ދެވޭ ފުރުސަތެއްކަން ވެސް ޕެޓިޝަނުގައި ވަނީ ބުނެފައެވެ.

ޕެޓިޝަނުން އެދިލައްވައިފައިވާ ހައްލަކީ، ކަމާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕީސީބީން ރިޕޯޓުތައް ހިއްސާކޮށް، ލަސްވާ ސަބަބުތައް ސާފުކޮށް ހޯދާ ބެލުމާއި އެކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާ އެކަންކަން ހައްލު ކުރަން މަޖިލީހުން ކުރަން ޖެހޭ ކަންކަން ކަނޑައަޅައި ކުރުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.