"ރެސްޓިނޭޝަން" ގެ ވެބްސައިޓް އިފްތިތާހުކޮށްފި

11 Sep 2019 | 17:47

ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ދިވެހި ކުންފުންޏެއްކަމުގައިވާ އެޑްވެސްޓަރއިން ނެރޭ ޓެބްލޮއިޑެއްކަމުގައިވާ ރެސްޓިނޭޝަންގެ ވެބްސައިޓް ތައާރަފްކޮށްފިއެވެ.

ރެސްޓިނޭޝަންއަކީ އެކި ފަންތީގެ ފަތުުރުވެރިންނަށް ރާއްޖޭގައި ކުރެވޭނެ ތަފާތު ތަޖުރިބާއާއި އިހުސާސްތަކަށް ބިނާކޮށްގެން އެކުލަވާލާފައިވާ ލިޔުންތަކާއިއެކު ނެރޭ ހަމައެކަނި ވެބްސައިޓްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެކި މާކެޓްތަކުގެ ފަތުރުވެރިންނަށް ރާއްޖެއިން ލިބެންހުރި ޚިދުމަތްތައް މި ވެބްސައިޓްެގެ ލިޔުންތަކުން ފެނިގެންދާނެއެވެ.

ރެސްޓިނޭޝަންއާއި ބެހޭގޮތުން މައުލޫމާތުދެމުން އެ ޓެބްލޮއިޑްގެ އެސިސްޓަންޓް އެޑިޓަރ އަހުމަދު އާއިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރާ ދަތުރުވެރިން މިހާރު ބޭނުންވަނީ ހަމައެކަނި މަންޒިލަކާއި އަރާމު ތަނެއް ނޫންކަމަށާއި، އާ ތަޖުރިބާތައް ކުރުމަށް ބޭނުންވާ ކަމަށެވެ. އެ މަގްސަދަށް ދަތުރުވެރިޔާ ވާޞިލްކޮށްދިނުމަށްޓަކައި ރެސްޓިނޭޝަނުން މަސައްކަތް ކުރާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދުނިޔޭގެ އެހެންތަނެއްގައި ތިބެ ރާއްޖެއަށް ޒިޔާރަތްކުރުމަށް ރާވަމުންދާ ވިޔަފާރިވެރިޔާއަށްވެސް ނުވަތަ ހަނީމޫން ހޭދަކުރުމަށް އަންނަ ފަރާތަށްވެސް ރާއްޖެއިން ސީދާ ލިބޭނެ ތަޖުރިބާ ފޯރުކޮށްދިނުން"، އޭނާ ބުންޏެވެ.

މި ޓެބްލޮއިޑްގެ ޗާޕުކޮށްފައިވާ އަދަދެއް މިއަންނަ މަހުގެ ތެރޭގައި އާންމުކުުރުމަށް ދަނީ ތައްޔާރުވަމުންނެވެ. 

Advertisement

ކޮމެންޓް

Advertisement