މަޖިލިސް އިންތިޚާބު 2024
08 Dec 2023
"މެންބަރަށް ނުވިޔަސް ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރެވޭނެ"
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަކީ އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫން ކަމަށް އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެެއެވެ.
08 Dec 2023
މަޖިލިސް ޕްރައިމަރީގައި އެމްއެންޕީން ކުރިމަތިލުމަށް ހުޅުވާލައިފި!
ކުރިއަށް އޮތް ރައްޔިތުުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ, އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން އެ ފުރުސަތު ހުޅުވާލައިފި އެވެ.
07 Dec 2023
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި އެމްޑީއޭ އިން ކުރިމަތިލަނީ
ކުރިއަށް އޮތް ރައްޔިތުުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި އެމްޑީއޭގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން އެ ފުރުސަތު ހުޅުވާލައިފި އެވެ.
07 Dec 2023
ކުރީގެ ނޫސްވެރިޔާ ޝާން ހުޅުމާލެ މެދުދާއިރާއަށް ވާދަކުރައްވަނީ!
ކުރީގެ ނޫސްވެރިޔާ މުޙައްމަދު ޝާން ޢަބުދުالله، (ކުޑޭ) ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ މެދު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ކެމްޕޭން ފައްޓަވައިފިއެވެ
06 Dec 2023
ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޓިކެޓަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޓިކެޓަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލުމަށް އެ ކޯލިޝަނުން ނިންމައިފިއެވެ.
06 Dec 2023
އިންތިހާބުތަކުގައި އެމްޑީޕީއާއެކު މަސައްކަތް ކުރުމަށް ޖޭޕީއާ މަޝްވަރާކޮށްފި
ކުރިއަށް ހުރި އިންތިޚާބުތަކުގައި ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮއްސިއެވެ.
06 Dec 2023
ދެޕާޓީ ގުޅިގެން މަޖިލިސް އިންހާބު "ސުޕަރ މެޖޯރިޓީ" އަކުން ކާމިޔާބު ކުރެއްވޭނެ
ދެޕާޓީ ގުޅިގެން އެއްރޫހެއްގައި މަސައްކަތްކޮށްފިނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންހާބު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެއްވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވއެއްޖެއެވެ.
05 Dec 2023
އެކުގައި މަސައްކަތް ކުރުމަށް އަދާލަތާއި އެމްޑީޕީން މަޝްވަރާކޮށްފި
ކުރިއަށް ހުރި އިންތިހާބުތަކުގައި އެކުގައި މަސައްކަތް ކުރުމާބެހޭ ގޮތުން އަދާލަތު ޕާޓީ އާއި އެމްޑީޕީއާ ދެމެދު މިއަދު މަޝްވަރާކޮށްފިއެވެ.