މަޖިލިސް އިންތިޚާބު 2024
27 Jan 2024
ނަހުލާ ވާނީ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި މެންބަރަކަށް: ގާސިމް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އެޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާނީ ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި މެންބަރަކަށް ކަމަށް ޖޭޕީގެ ލީޑަރު އަދި ނަހުލާގެ ފިރިކަލުން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
27 Jan 2024
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ކުރިއަށްއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
25 Jan 2024
ޝިޔާމް، ގާސިމް އަދި ނާޒިމް ވާދަ ކުރައްވާ ގޮނޑިތަކަށް ކުރިމަތި ނުލާން ނިންމައިފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް ގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމް ވާދަކުރައްވާ ގޮނޑި ތަކަށް ޕީޕީއެމް އަދި ޕީއެންސީން ކުރިމަތި ނުލުމަށް ނިންމައިފިއެވެ.
25 Jan 2024
އެމްޑީޕީ ވޯޓާސް ލިސްޓަށް އަނެއްކާވެސް ޝަކުވާއަށް ހުޅުވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރާ މެންބަރުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާއްމު ކުރުމާއެކު ހުށަހެޅުނު ޝަކުވާތަކަށް ބަލައި، އަލުން ލިސްޓް އެކުލަވާލައި އަނެއްކާވެސް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
24 Jan 2024
މާފަންނު މެދު ދާއިރާއަށް ރަޝްނީ!
މާރިޗު މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގުރެންސް ކޯލިޝަންގެ ޕްރައިމަރީގައި މާފަންނު މެދު ދާޢިރާއަށް ވާދަކުރުމަށް ނިންމާފައިވާ މ.ކީކިމިނި އިބްރާޙިމް ރައްޒާން ރަޝީދުގެ ނަން އަބުރާ ގެންގޮސް އެދާޢިރާއަށް ވާދަކުރައްވާ މ.ކުރުވަނި، ޑރ. ފާޠިމަތު ރަޝްނީއަށް ތާއީދުކުރުމަށް ނިންމާ އެކަން އިޢުލާނުކޮށްފިއެވެ.
24 Jan 2024
ރޯދަ މަހު އިންތިހާބު ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހެއް
އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭގޮތަށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
23 Jan 2024
ޕްރައިމަރީއާ ނުލާ ޕީއެންސީގެ ޓިކެޓް 13 ފަރާތަކަށް
ޕީޕީއެމް ޕީއެންސީގެ 13 ބޭފުޅަކަށް، ޕްރައިމަރީއާއި ނުލައި، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ކޯލިޝަންގެ ޓިކެޓު ލިބިއްޖެއެވެ
23 Jan 2024
މަޖިލިސް އިންތިހާބު ބާއްވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހެއް ކަމުގައި ވިޔަސް އެދުވަސް ސަރުކާރު ބަންދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އީސީން ވިދާޅުވެއްޖެއެވެ.