ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
12 Nov 2023
މިހާރު ކުރިއަށްދާ މަސައްކަތްތަކުން ޓަރމިނަލް ބޭނުން ކުރާކަށް ނުފެށޭނެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރިމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ސައުދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާއި ހަވާލުކުރެވިގެން މިހާރު ކުރިއަށްދާ މަސައްކަތްތަކުން އެެކަނި، އެޓާރމިނަލް ގެ ބޭނުން ކުރަން ފެށޭ ވަނރު ނުވާނެކަމުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Nov 2023
އައު ޓާމިނަލް ވާނީ އެންމެ އިސްކަންދޭނެ މަޝްރޫޢަށް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ތަރައްގީ ކުރުމުގެ މަޝްރޫގެ މަސައްކަތް ވެގެންދާނީ އައު ސަރުކާރުގައި އެންމެ އިސްކަމެއް ދީގެން އެއްވަނަ ދަރަޖައިގައި ކުރިއަށް ގެންދާނެ މަޝްރޫއަކަށް ކަމުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
11 Nov 2023
އެއާޕޯޓަށް ބޭނުންވާ ގްރައުންޑް ހޭންޑްލިން ސާމާނު އާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ބޭނުންކުރާ ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓުތައް އާކޮށް އެ ތަކެތި ބޭނުން ކުރަން ފަށައިފި އެވެ.
11 Nov 2023
އައު ޓަރމިނަލް ވެގެންދާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް: ރައީސް ޞާލިހް
މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ނިމޭއިރު އެ ޓާރމިނަލް ވެގެންދާނީ މި ސަރަހައްދުގައިވެސް ހުރި އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
09 Nov 2023
އެއާޕޯޓް މަޝްރޫޢުގެ ކްރެޑިޓް ދޭންޖެހެނީ ޔާމީނަށް
މިހާރު ފެންނަން މިއޮތް އެއާޕޯޓް މަޝްރޫޢުގެ ކްރެޑިޓް ދޭންޖެހެނީ ރައީސް ޔާމީނަށް ކަމަށް ދެކިލައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
08 Nov 2023
އެއާޕޯޓަށް ރުފިޔާ ހޯދީ މި ސަރުކާރަކުން ނޫން: އަދުރޭ
އެއާޕޯޓް މަރާމާތު ކުރުމަށް ބޭނުންވާ 80 މިލިއަން ރުފިޔާ ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫންކަމަށް ޕީއެންސީ ގެ ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.
08 Nov 2023
ޝިޔާމް ގެ ތައުރީފް މުއިއްޒު އަށް
ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހުވާ ކުރުމުގެ ކުރިންވެސް ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުއިކުރަންއިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަސައްކަތް ކުރައްވާތަން ފެންނަކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް މުޢިއްޒު އަށް ތައުރީފް ކުރައްވައިފިއެވެ.
08 Nov 2023
އެއާޕޯޓު މަޝްރޫއަށް 1.2 ބިލިއަން ޔޫއޭއީން ހަމަޖައްސައިދީފި
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމުމަށް ޔޫއޭއީން 1.2 ބިލިއަން ދިވެހި ރުފިޔާ ދޭން ނިންމައިފިއެވެ.