އަހުމަދު ސިޔާމް (ސަން ސިޔާމް)
22 Jul 2023
"ދިވެހި ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކަނީ ސިޔާމު"
ދިވެހި ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކަނީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމުކަމަށް އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
22 Jul 2023
"ދޮގު ޚަބަރު ފެތުރުމުގެ ފަހަތުގައި ތިބީ ދަ ޑިމޮކްރޭޓްސް"
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓާފައިވާކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމުގެ ފަހަތުގައި ތިބީ "ދަ ޑިމޮކްރޭޓްސް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
21 Jul 2023
ސަން ސިޔާމްގެ ދިފާއުގައި ފުލުހުންނާއި ސަރުކާރު ނުކުމެއްޖެ!
ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފެހެއްޓި މައްސަލައިގެ ތެރެއަށް ދިވެހި ސަރުކާރާއި ފުލުހުން ވަދެއްޖެއެވެ.
20 Jul 2023
ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފި
ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.
18 Jul 2023
"ފުއްގިރި މައްސަލައިގަ ރައީސް ޔާމީން ޖަލުގަ, ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން ކެމްޕެއިންގަ"
ފުއްގިރި މައްސަލައިގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްޤައްޔޫމް ޖަލުގަ ހުންނެވިއިރު, މި މައްސަލާގައި ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދަށް ކެމްޕެއިން ކޮށްދިނުމުގައި ކަމަށް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
18 Jul 2023
ރައީސް ޔާމިނާއި ދެކޮޅަށް ސިޔާމާއި މައުރޫފު ހެކިބަސްދޭން އިންކާރުކޮށްފި!
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމާއި، އެމްޑިއޭގެ ނައިބު ރައީސް އަލީ މައުރޫފު، އެ މައްސަލައިގައި ހެކިބަސް ދޭން އިންކާރުކޮށްފި އެވެ.
15 Jul 2023
"ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު، މިނިސްޓަރުން ބަދަލެއް ނުކުރައްވާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާ ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.
14 Jul 2023
އެންމެ އުފާވަނީ އެމްޑީޕީ ތެރެއިން ލާދީނީ ފިކުރު ނެތި ދިޔައިމަ
ސަރުކާރު ހިންގާ މައި ޕާޓީއާއި އެކު ކޯލިޝަން ހަދައި ރިޔާސީ ރޭހަށް ނިކުންނައިރު އެންމެ އުފާވަނީ އެ ޕާޓީ ތެރޭގައި މީގެ ކުރިން އޮތް "ލާދީނީ ފިކުރު" މިހާރު ނެތި ދިއުމުންކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެ އެވެ.