ޢާއިޝަތު އާޒިމާ ޝަކޫރު
15 May 2023
"ބައިނަލްއަގްވާމީ ޤާނޫނުތައް ބަންޑާރަ ނައިބަށް އެނގިވަޑައިނުގަންނަވާތީ ހިތާމަކުރަން"
ބައިނަލްއަގުވާމީ ޤާނޫނުތައް ދައުލަތް ތަމްސީލުކުރަން ހުންނެވި ބަންޑާރަ ނައިބަށް (އިބްރާހިމް ރިއްފަތަށް) އެނގިވަޑައި ނުގަންނަވާތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
10 May 2023
އިޓްލޮސްގެ ނިންމުން ބަދަލު ކުރެވޭނެ ހާލަތްތައް ކިޔައިދެއްވައިފި
އިޓްލޮސްގެ ނިންމުމަކީ ފަހު ނިންމުން ކަމަށާއި، އެ ނިންމުން ދެން ބަދަލު ނުކުރެވޭނެ ކަމަށް، ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ވިދާޅުވުމާއި ގުޅިގެން، އެ ނިންމުން ބަދަލު ކުރެވޭނެ ހާލަތްތައް ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު ކިޔައިދެއްވައިފިއެވެ.
04 May 2023
"ރާއްޖެއަށް ފައިދާވާނެ އެއްވެސް ކަމެއް ސަރުކާރުން ހުށައަޅާފައެއް ނެތް"
ދިވެހިރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދިވެހިރާއްޖެ އަށް ފައިދާ ވާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުގެ ފަރާތުން ހުށައަޅާފައި ވެސް ނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
27 Apr 2023
"އެއާޕޯޓު ހޯދިހެން ސަރަހައްދު ހޯދުމަށް ނިކުންނަން ޖެހުނަސް ފަސްޖެހުމެއް ނެތް"
ދިވެހިންގެ މައި ދޮރޯށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިވެހިންގެ އަތްމަތިން ގެއްލުނު ދުވަހު އެއާޕޯޓު ހޯދުމަށް ކުރަންޖެހުނު މަސައްކަތް ރާއްޖޭގެ ސަހަރައްދު ހޯދަން ކުރައްޖެހުނަސް، ފަސް ނުޖެހި ދިވެހިން އެ މަސައްކަތް ކުރާނެކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
19 Apr 2023
ޢަރަބިއްޔާ މައްސަލައިގައި ދަށު ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަނީ
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ކިޔަވަންދާ ބައެއް އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ މޫނު ބުރުގާ ނަގައިގެން ސްކޫލަށް އައުމަށް އެންގި އެންގުމުގެ ސަބަބުން އެދަރިވަރުންނަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށައެޅި ހުށައެޅުމަށް ކޯޓުން ކުރި ޙުކުމްހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް މައްސަލައިގައި ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ވަކާލާތު ކުރައްވާ ރެހެންދި ޗެމްބާސްގެ އިސް ވަކީލާ އަލްއުސްތާޒާ ޢާއިޝާތު ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
08 Apr 2023
"މޫނު ބުރުގާ އެޅިޔަސް ތަފާތުކުދިން ގޮތަށް ޢަމަލުކުރެވިގެންނުވާނެ"
މޫނު ބުރުގާ އެޅިޔަސް އެކުދިންނާއި މެދު ތަފާތު ކުދިންތަކެއްގެ ގޮތަށް ޢަމަލުކުރެވިވެގެން ނުވާނެ ކަމަށް ޢަރަބިއްޔާ ސްކޫލްގެ މޫނުބުރުގާ އަޅާ ކުދިން ގެ ވަކީލާ އަލްއުސްތާޒާ ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
07 Apr 2023
"މޫނު ބުރުގާއަޅާ ކުދިންނާ ދޭތެރޭ އަމަލުކުރަނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި"
އަރަބިއްޔާ ސުކޫލުގައި މޫނު ބުރުގާއަޅައިގެން ދާ ދަރިވަރުންނާއި ދޭތެރޭ އަމަލުކުރަމުންދަނީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައިކަމަށް ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
22 Mar 2023
"އަންހެން ލީޑަރެއް ނަމަ ނިގާބު އެޅި ދަރިވަރުންގެ ހައްގުގައި ތެދުވޭ!"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުވި ފާޑުކިޔުންތަކުން ރެކެން ވެގެން "އަންހެން ކާޑު" ކުޅުއްވުމުން، ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ބަހުގެ ހަމަލާތަކެއް މާރިޔާއަށް އަމާޒުވެއްޖެ އެވެ.